ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާ އާންމުކުރާ ގައިޑްލައިންތަކުގެ ނިޔަތަކަށް ވެފައި އޮންނަނީ ސިޔާސީ ގޮތުން ސަރުކާރަށް މެންފާ ގޯދުންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ކޯވިޑަށް ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުިތުރުވެ އެޗްޕީއޭއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަލައި ގައިޑްލައިންތައް އާންމުކުރަމުންނެވެ. އަދި ކޭސްތައް ދަށް ނުވާކަމަށްވާނަމަ އަދިވެސް ފިޔަވޅުތައް އަޅާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގައިޑްލައިންތަކާއި ގުލިގެން ޝިޔާމް ވިދާޅުވީ، އެޗްޕީއޭގެ ގިނަ ގައިޑްލައިންތަކުގެ ނިޔަތަކަށްވެފައިވަނީ ސިޔާސީ ގޮތުން ސަރުކާރަށް މަންފާ ހޯދުންކަމަށާއި، ދެއުޅިއެއްނުވާ އުސޫތަކުގެ އެންމެ ބޮޑު އުނދަގުލެއް ތަހައްމަލުކުތާ އެއްބަޔަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންކަމަށެވެ. އާއިލާގާތަށް ނުދެވޭ ހާލު ވެކްސިން ޖެހުމުންވެސް އެމީހުން މަހްރޫމްްވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
HPA ge gina guideline thakuge niyathakahvefai mi onnanee siyaasee gothun sarukaarah manfa hoadhaidhinun. 2 ulhiehnuva usooluthakuge emme bodu undhaguleh thahammalkura ebbayakee Resort thakugai masakkaiykuraa faraaiythah. Aailaa gaathah nudhevey haalu vaccine jehumunves mahroomu.
— Ahmed Shiyam (@Shiyamaldives) March 5, 2021
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންގައި ޚާއްޞަ އުސޫލަކުން އިސްތިސްނާވާ ފަރާތްތަކެއް ހިމެނޭއިރު، ކޯވިޑް-19އާއި ގުޅިގެން ދަތުރުފަތުރު ކުރުން މަނާކޮށް ރަށްރަށް ދިއުން މަނާކޮށްފައި ވީނަމަވެސް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން އަންނަނީ ރަށްރަށް ޚާއްޞަ އުސޫލުގެ ދަށުން ދަތުރުކުރަމުންނެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލާންޖެހޭ ހާލަތްތައްވެސް ދިމާވެފައިވެއެވެ.
ސަރުކަރުގެ އިސްވެރިން އެ ގައިޑްލައިންތަކާއި ފިޔަވަޅުތަކުން އިސްތިސްނާވާއިރު އިދިކޮޅު ފަރާތްތައް ކުށްވެރިވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ