ހައުސިން މަޝްރޫޢުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ ކަނޑައަޅުއްވާނެކަމަށް ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެެއެވެ.
އެމްޑީޕީ ރަށްވެހި ފަތިސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އަންނަ އަހަރު ކުރިއަށް ގެންދާ މަޝްރޫޢޫއަކީ ހަމައެކަނި އަތޮޅުތަކުގެ ރަށްތަކަށް ޚައްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށާއި، އޭގެ ތެރޭގައި ހިމެނޭނީ ރޯހައުސްއާއި ހައުސިން ފްލެޓްތައް ޢިމާރްތްކުރުންކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރުތައް މިހާރު ވަމުން އަންނަކަަމށާއި، އެގޮތުން އެ މަޝްރޫޢު ކުރިއަށް ގެންދާނެ ރަށްތަކާއި، ފްލެޓް އަލާން މިންވަރު ކަނޑައަޅާ، އެއަށްބޭނުންވާ ކުރެހުންތައް ކުރެހުންތައް ތައްޔާރުކުރުން ކުރިއަށްދާކަމަށް މިނިސްޓަރ ވިދާލުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްގެންކަމަށެވެ.
އަންނަ އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫޢުއެއް އަތޮޅުތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިއުމަށް ރާވަމުންދާ ވާހަކަ ދަންނަވަން. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުން މި 1.5 ބިލިއަން ރުފިޔާ ރިފްލެކްޓްވެގެންދާނެ. ސަރުކާރުގެ މި ޕްރޮގްރާމްގެ ވިސްނުމަކީ އަތޮޅުތެރޭގައި ހައުސިން ޔުނިޓްތައް އެޅުން، ދެން ބައެއް ރަށްރަށުގައި އެއޯ ރޯހައުސް އަނެއްބައި ރަށްރަށުގައި އެއީ ފްލެޓްކަމަށް ވެދާނެ. އެހެންވީމަ އަޅުގަނޑު މިހާރު މަސައްކަތްކުރަމުން މިދަނީ ރޯހައުސް އަޅަންޖެހޭ ރަށްރަށާއި،ފްލެޓް އަޅަންޖެހޭ ރަށްރަށް އަދި އަޅާންޖެހޭ މިންވަރުތައް ފާހަގަކޮށް އެތަނަށް ބޭނުންވާ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޯށް ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ.
– ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
އަސްލަމް ވަނީ މިއަހަރުގެ ދެވަނަ ކުއަާޓާގައ އަމިއްލަ ގެދޮރުގައި ގެ އެޅުމަށް ޚާއްޞާ175 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
އޭގެތެރޭގައި އަތޮޅުތަކުގެ ރަށްރަށުގެ ތެރޭގައި އެމީހުންގެ އަމިއްލަ ގެދޮރުގައި ނުވަތަ އަޅާފައިވާ ގެތަކުގައި އެމީހުން ތަނެއް އިތުރުކުރުމަށްޓަކައި ހައުސިން ލޯން ނެގުމަށް އެޕްލައި ކުރެވޭނެ އެޗްޑީއެފްސީއަށް. މިވަގުތު 175 މިލިއަން ރުފިޔާ ހަމަޖެހިފައި އެބަވޭ.
– ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް
އަސްލަމް މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުން ހައުސިންގެ ބައެއް އެއްބަސްވުމުގައި ސޮއިކުރިނަމަވެސް ސަރުކާރަށް 3 އަހަރު ވާން ކައިރިވާއިރު އެއްވެސް މަޝްރޫޢޫއެއް ކުރިއަށް ގެންދެވިފައި ނުވާކަމަށްް ބުނެ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ