ކ. ގުރައިދޫ އިން ފުރައިގެން މާލެއަށް ދަތުރުކުރި ފެރީ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ހިއްސާ ނަމަކަށްކިޔާ 65 ފޫޓުގެ މި ފެރީ ދޯނި މާލެއަށް ދަތުރުކުރަމުން އައީ 6 މީހުނާއެކު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ 9:45 ހާއިރު ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
މި ދޯނީގެ ކައިރީ މިހާރު ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަމުން ގެންދާކަމަށާއި، ފެރީގެ ވެރިފަރާތުން ދޯނި ކަފުޖަހައިގެން ގެންދާނެ އުޅަނދެއް ހޯދުމަށް މިހާރު މަސައްކަތްކުރަމުން ގެންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ