ޢިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ސިޔާސީ ނުފޫޒުތަކުން އެކަހެރިވެގެން: ޑރ.ޝަހީދު

ޢިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ސިޔާސީ ނުފޫޒުތަކުން އެކަހެރިވެގެން: ޑރ.ޝަހީދު

Author
މުޙައްމަދު ޖިމީ
03 މާރޗް 2021 10:27
0

އިލްމުވެރިންނަށް އިލްމުވެރިންގެ ގޮތުގައި ތިބެވޭނީ ސިޔާސީ ނުފޫޒްތަކާ ސިޔާސީ މަޤާމުތަކާއި ބޭނުުންތަކުން އެކަހެރިވެގެންކަމަށް ވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ޝަހީދު ދީނީ ބައެއް ޢިލްމުވެރިންނަށް ފާޑުވިދާޅުވެެއްޖެއެވެ.

ޑރ.ޝަހީދު މިފަދައިން ވިދޅުވެފައި މިވަނީ މަޝްހޫރު ދީނީ ބައެއް ޢިލްމުވެރިން ރާއްޖޭޣެ ސިޔާސީ މަސްރަޙްގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ވާހަކަތދައްކާތީ ބައެއް ފަރާތްތަކުގެ ފޑުކިއުންވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޑރ.ޝަހީދު ވިދާޅުވީ، އިލްމުވެރިންނަކީ އެމީހުންގެ އިލްމާއި ވިސްނުމާއި މަޢުލޫމާތުވެސް އެންމެ ފުރިހަމަ ނޫންކަން ދަންނަ މީހުންކަމަށާއި، އެއްވެސް އިންސާނަކަށް ފުރިހަމަ އިލްމާއި މަޢުލޫމާތު ލިބިފައި ނުވާނެކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހިދުގެ މިވާހަކަފުޅަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ ރައްދުދެއްވާފައެވެ. އިޔާޟް ވިދާޅުވީ، ދީނީ ޢިލްމަށާއި، އިލްމުވެރިންނަށް އަދި އިސްލާމްދީނަށް ނަފްރަޔުކުރާ ބަޔަކަށް އިސްލާމްދީނުގެ އިލްމުވެރިންގެ ކިބާގައި ހުންނަންވާ ސިފަތަކާއި ޝަރުތުތައއް ނޭގޭނެކަމަށެވެ.

ޑރ.ޝަހީދު ދީނީ ޢިލްމުވެރިންނަށް ފާޑުވިދާޅުވެފައިޥާއިރު، ޑރ.އިޔާޟް އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގާ ބައެއް ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަހޭ
އިލުމުވެރިންނަށް ވެސް ސިޔާސީވާހަކަ ދެއްކޭނެ . މިހާރު ސިޔާސީވާހަކަ ނުދައްކާދެން ދައްކާނީކޮންވާހަކައެއް . ދީންވެސް އޮންނަނީސިޔާސީކޮށްފަ . ރައްޔިތުންގެ މަޖިލީހުގަވެސް ހުސް އިލުމުވެރިން . އިލުމުވެރިން ސިޔާސީ ވާހަކަދައްކައިގެން ވެރިކަމަށް އައިސްދާނެތީ ބިރުގަންނަނީދޯ . އިލުމުވެރިން ސިޔާސީވާހަކަ ދައްކަދީގެން ކޮންމެބަޔަކަށްވެސް ވެރިކަމަށް އާދެވެނީ. ވެރިކަން ލިބުނީމަ ބާރުލިބު.ނީމަ ދެން އިލުމުވެރިންދައްކާވާހަކަ ކަމުނުދަނީ . އިސްލާމުންކަންވެސް ހަދާންނުހުންނަނީ .
G Gas
Heyo Vahaka eh Dr. Shaheed viyas
H Haaufaa
Shaheed thiya hunnevee ekaheri ve lavvaigen dhotha? thiya ee ilmuverinnah faadu kiyeyfadha balai ganevey meeheh noon.