މާލޭގައި އުޅޭ ސިޔާސީ ބޮޑު މިހާއާއެކު ފޮޓޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނިކުންނަ މީހުންނަށް މިފަހަރު ނޫނެކޭ ބުނަންޖެހޭކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރ ޑރ.އަޙްމަދު އިނާާޒް ނުސީދާ ގޮތުން ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރ އިނާޒް ވިދާޅުވީ، މާލޭގައި އުޅުއްވާ "ސިޔާސީ ބޮޑު މީހާ"އާއެކު ފޮޓޯ ޖަހައިގެން ސިޓީ ކައުންސިލާއި، ރަށުކައުންސިލަށް ނިކުންނަ މީހުންނަށް މިފަހަރު އިންތިޚާބުގައި ނޫނެކޭ ބުނަންޖެހޭކަމަށާއި، ޖަވާބުދާރީވާންވީ ރައްޔިތުންނަށްކަމަށާއި، "ޕާޓީގެ ސާހިބު މީހާ"އަކަށް ނޫންކަަމަށެވެ.
ދިވެހިންނަށް ކިތަންމެ ބޮޑު ގެއްލުމެއްވިޔަސް "މާ ބޮޑު ސިޔާސީ ބޭފުޅަކު" ބުނީމަ ރުހި ޤަބޫލުވެތިބުން މާޒީވެ ހިނގައްޖެ. މިއަދު ޖެހޭނީ އެންމެނަށް މަޝްވަރާކުރެވި އެކަމެއްގައި އޮތް ދެކޮޅު ބަހުސްކޮށް ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތް ނެރެން.
– ކުރީގެ ފިނޭންސް މިނިސްޓަރ ޑރ.އަޙްމަދު އިނާާޒް
Male’ ga ulhuvva Siyaē bodu mēhā ā eku photo jahaigen city/rashu council ah nikunna mēhunnah mifaharu noonekey bunan jehey! Jalawābu dhārē vān vē rayyithunnah. Partyge sāhibu mēhā akah noon, partyge rayyithun ge vindhah! #RayyithungeBaaru @anasabdulsattar @MMuizzu @AlhanFahmy
— Ahmed ĺnaz (@ahmedinaz1) March 2, 2021
Dhivehinah kithanme bodu gehlumeh libunas, ”mā bodu Siyasē beyfulhaku” bunēma ruhi gaboolve thibun māzēve hingahje. Miadhu jeheynē emmenah mashvarā kurevi ekamehga oiy dhekolhu bahuskoh dhivehi gaumah emme faidhāhuri goiy neren. #RayyithungeBaaru
— Ahmed ĺnaz (@ahmedinaz1) March 2, 2021
ޑރ.އިނާޒް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދުގެ ނުފޫޒގެ ވާހަކައަކީ މިފަހަކަށް އައިސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ޕާޓިގެ އެކްޓިވިސްޓުން މެދުވެރިކޮށް އަމިއްލަ އެޖެންޑާ ހިމާޔަތްކުރުމަށްވުރެ ބޮޑަށް ޤައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އިޚްލާސްތެރިވުމަށް މީގެ ކުރިންވެސް ޑރ.އިނާޒް ރައީސް ނަޝީދަށް ގޮވާލައްވާފައިވެއެވެ.
ފަހަކަށް އައިސް ޑރ.އިނާޒް ގެންދަވަނީ ރައީސް ނަޝީދަށް ފާޑުވިދާލުވަމުންނެވެ.
ކޮމެންޓު ފޮނުވާ