އުނގޫފާރުގައި މަސްފެންގަނޑަށް ވެއްޓުނު ކުއްޖަކު އައިސީޔޫގައި

އުނގޫފާރުގައި މަސްފެންގަނޑަށް ވެއްޓުނު ކުއްޖަކު އައިސީޔޫގައި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 04:48
0

ރ. އުނގޫފާރުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުއްޖަކަށް ފަރުވާ ދޭން ފަށައިފިއެވެ.

އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި މަސް ފެންގަނޑަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައީ 1 އަހަރާއި 4 މަހުގެ އަންހެން ކުއްޖެކެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އެކުއްޖާ ހޮސްޕިޓަލްގެ އިމަރޖެންސީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށާއި ޓެސްޓް ތައް ހެދުމަށް މިހާރުވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ހޮސްޕިޓަލަށް ގެނައިރު ތުއްތު ކުއްޖާގެ ވިންދު ހުރި ކަމަށާއި އަދި ނޭވާ ވެސް ލާ ކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ދެ ހާދިސާ ހިނގައިފައި ވެއެވެ. އެ ހާދިސާތަކުގައިވެސް ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވެ އައިސީޔޫގައި ފަރުވާ ދީފައި ވެއެވެ. މިދިޔަ އަހަރުވެސް ދެކުނުގެ ދެރަށެއްގައި ކުޑަދެކުއްޖަކު މަސް ފެންގަނޑަކަށްވެއްޓި ހާލުސީރިއަސްވެގެން ފަރުވާދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.