"ފުނަރު ޕްރޮގުރާމް" ފެނަކައިން ފަންނީ ޤާބިލް މީހުން އުފެއްދުމުގެ ޚާއްސަ މަސައްކަތެއް

"ފުނަރު ޕްރޮގުރާމް" ފެނަކައިން ފަންނީ ޤާބިލް މީހުން އުފެއްދުމުގެ ޚާއްސަ މަސައްކަތެއް

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 01:42
0

"ފުނަރު ޕްރޮގުރާމް އިން، އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް"ގެ ނަމުގައި ޚާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ފެނަކައިން ނިންމައިފިއެވެ.

ފެނައިކައިން ބުނެފައިވަނި "ފުނަރު ޕްރޮގުރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް" އަކީ ތިއަރެޓިކަލް ބަޔާއި ޕްރެކްޓިކަލް ބައި ހިމެނިގެން 03 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ޕްރޮގުރާމެއް ކަމަށެވެ. މި ކޯސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގުމަށް ހަމަޖެހިފައިވާއިރު، 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް މި ޕްރޮގުރާމުގައިބައިވެރިވުމަށް ކުރިމަތިލެވޭނެކަމަަށެވެ. އަދި މިއީ އަންހެން ފިރިހެން ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ޕްރޮގުރާމެއްކަމަށް ފެނަކައިން ބުނެއެވެ.

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް މިދާއިރާގައި ފަންނީ ޤާބިލުކަން ހުރި މަސައްކަތަށް ކަމޭހިތާ އިޚްލާޞްތެރި މީހުން ބިނާކުރުމެވެ. އެގޮތުން:

• މެކޭނިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދެ ޖިންސުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލުމާއި،

• މެކޭނިކަލް ދާއިރާއިން ޤާބިލުކަންހުރި މީހުންގެ އަދަދު އިތުރުކުރުމާއި،

• ޒުވާނުންނަށް މިދާއިރާގެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމަށް މަގުފަހިކޮށްދިނުމާއި،

• ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި،

• ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކަށް ދިމާވާ މެކޭނިކަލް މައްސަލަތައް އިތުބާރާއި ޔަގީންކަމާއިއެކު ހައްލުކުރުމަށް އެހީތެރިވެދިނުމަކީ މިޕްރޮގުރާމުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައްކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފުނަރު ޕްރޮގުރާމުގެ ސަބަބުން އެތައް ބަޔަކަށް އޭގެއިން މަންފާ ލިބިގެންދާއިރު މިޕްރޮގުރާމުގެ ޒަރީއާއިން ޒުވާނުން ބާރުވެރިކޮށް، މިދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދީ، މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފައްދައި، އަދި މިދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ވެގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.