ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 01:06
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ރަޖިސްޓްރީއަށް މިހާރު ގެނެވިފައިވާ ބަދަލުތަކާއިއެކު މިއަދުން ފެށިގެން މިމަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިޚާބާ ބެހޭ މަރުކަޒުންނެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިދިޔަ އެޕްރީލު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމުމަށްފަހު ފަސްކުރި އިންތިޚާބުގައި ރަޖިސްޓްރީކުރި ތަން ނޫން އެހެންތަނަކަށް ވޯޓްލާން ބޭނުންވާ ފަރާތްތައްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެން ނަމަވެސް ރިސޯޓްތަކާއި ޖަލުތަކާއި ކުއަލަލަންޕޫރާއި، ލަންޑަންގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މިފަހަރުގެ އިންތިޚާބުގައި ވޯޓްލާނަމަ އަލުން ރީ ރަޖިސްޓްރީވާންޖެހޭނޭކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ. އެހެންކަމުން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން ތަނަކަށް ވޯޓުލާން ބޭނުންނަމަ، ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނޭކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އޭޕްރީލް މަހުގެ10 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.