އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ.ފަރަޙްނާޒް ފައިސަލް އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދީފިއެވެ.
އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޑރ.ފަރަޙްނާޒް ފައިސަލް އައްޔަންކުރެއްވުމަށް އެކަމަނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ މިދިމަހުގެ 23 ވަނަ ދުވަހުއެވެ. ފަރަހަނާޒު އެމަޤާމަށް އައްޔަން ކުރުމަށް ރުހުން ދީފައިވަނީ މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ ތާއީދާއިއެކުގައެވެ.
ދިވެހި އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ފަރަޙްނާޒް ޕީއެޗްޑީ ހާސިލްކުރެއްވީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ. އެކަމަނާ މިހާރުވެސް ގެންދަވަނީ އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ