ދައުލަތުގެ މީޑިޔާ ބޮއްސުންލައިފި، މިވެރިކަމުގައި 100 އަށްވުރެ ގިނަ މުވައްޒިފުން ވަކިވެއްޖެ: ޝުޖާ

ދައުލަތުގެ މީޑިޔާ ބޮއްސުންލައިފި، މިވެރިކަމުގައި 100 އަށްވުރެ ގިނަ މުވައްޒިފުން ވަކިވެއްޖެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 12:21
0

ދައުލަތުގެ މީޑިޔާ ހިންގުމާއި ހަވާލުވެ ތިއްބެވި ވެރިންގެ ސަބަބުން ތަން ބޮއްސުންލައި، ތަނުގައި ތިބި މުހިންމު އެތައް ސްޓާފުންނެއް ތަންދޫކޮށް ގޮސް، މުޅި ތަން ބޮއްސުންލާފައިވާކަމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށް ޝުޖާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިވެރިކަން އައިފަހުން މިހުން މިހާތަނަށް ދައުލަތުގެ މީޑީޔާއިން އެކި ސަބަބުތަކާއިހެދި ކެނޑިގެން 100 އަށްވުރެ ސްޓާފުން ގޮސްފައިވާކަމަށެވެ. ދައުލަތުގެ މީޑިޔާގައި ތިއްބެވި ހަރުދަނާ ޤާބިލް އެތައް ސްޓާފުންނެއް ތަންދޫކޮށް އެހެން ވަޒީފާތަކަށްދާއިރު މެނޭޖު މަންޓުން އެކަމާއި އެއްވެސް ވަރަކަށް އަޅާނުލާކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި ތަން ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ޚާލިދު އެތަނުގެ ސްޓާފުންނަށް ލޮލަށް ނުފެންނަތާވެސް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަ އަލީ ޚާލިދު ތަނުގެ މުވައްޒިފުންގެ ލޮލަށް ނުފެންނަތާވެސް 1 އަހަރަށް ވުރެއް ގިނަ ދުވަސް ވެއްޖެ. މިސަރުކާރު އައުމަށްފަހު 100 އަށްވުރެ ގިނަ ސްޓާފުން ތަނުން ކެޑިއްޖެ. ވަޒީފާއާއިބެހޭ ޤާނޫނާއި ޚިލާފަށް މުއްޒިފުން ލައްވައިދަނީ އަޅުމަސައްކަތް ކުރުވަމުން.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ދައުލަތުގެ މީޑިޔާގައި މަސައްކަތް ކުރައްވާ މުވައްޒިފުން މަސައްކަތް ކުރުމުގައި އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށެވެ. މުސްވަޒިފުންނަށް މާސްކު ގަނޑެއް ނުދެވޭ ތާގައި ރައްކާތެރިކަމަށް ކޮށްދެވޭ އެއްވެސް ކަމެއް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތުގައި މުވައްޒިފުން ލައްވައި މަސައްކަތް ކުރަނީ އެއްވެސް ރައްކާތެރިކަމެއްނެި، މާސްކު ގަނޑެއްވެސް ފޯރުކޮށްނުދެވޭ. ދައުލަތުގެ މީޑިޔާމިވަނީ ބޮއްސުންލާ، ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފަ. އެންމެ ބޮޑު ހިތާމައަކީ ޓްރައިންޑް ސްޓާފުން ތަނުން ވަކިވެގެން ދިއުން. ސަރުކާރުން މިކަމަށް ޚާއްސަ އަހައްމިއްޔަތެއް ދެއްވައި ދައުލަތުގެ މީޑިޔާ އަވަހަށް ސަލާމަތްކޮށް، ހިންގުންތެރި ވެރިއަކާއި ހަވާލު ކުރުމަށް ގޮވާލަން.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާގެ ވާހަތަކަށް ދައުލަތުގެ މީޑީޔާގެ މެނޭޖިގ ޑިރެކްޓަރ އަލީ ޚާލިދު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ބުހުތާނު ދޮގު ހެއްދެވިޔަސް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ސަމާލުކަން ނުލެބޭނެކަމަށެވެ. އަދި މިކަފަދަ ކަންކަމާއި އުޅުއްމަށްވުރެ ރައްޔިތުންނާއި ބައްދަލުކުރުން މާ ރަނގަޅުވާނެކަމަށް އަލީ ޚާލިދު ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މީޑިޔާ ހިންގެވުމާއި މިހާރު ހަވާލުވެ ހުންނެވު އަލީ ޚާލިދަނީ ނިމިދިޔަ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް"ގެ ނަމުގައި އުފެއްދި ޑިޕާޓްމަންޓުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.