މަސްވެރިއަކު ފިޓު ޖެހިގެން އެމްއެންޑީއެފްއިން އެހީތެރިވަނީ

މަސްވެރިއަކު ފިޓު ޖެހިގެން އެމްއެންޑީއެފްއިން އެހީތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 10:46
0

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއަކު ފިޓު ޖެހިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ޅ.އަތޮޅުގައި 14 މީހުންނާއިއެކު މަސްވެރިކަން ކުރަމުންދިޔަ "ޚަޒާނާ" ދޯނީގައި ހުރި ފަޅުވެރިއަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން މީހާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުން ދާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:30 ގައިކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑިއެފްއިން ބުނީ މަސްވެރިއާ އަށް ފަރުވާދިނުމަށްޓަކައި މިހާރު ނައިފަރަށް ދަތުރު ކުރަމުންދާކަމަށާއި، މިމީހާ އަށް އެހީތެރިކަން ފޯރުކޮށްދެނީ ކުއްލިއަކަށް ފިޓު ޖެހުމުންކަމަށެވެ.

ފިޓު ޖެހިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމުގައިވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.