މެންބަރުންނާއި ސަރުކާރާ އޮތް ކޯޅުމުގަ، ހަނގުރާމައިގެ މައިދާނަކަށް އަޅުގަނޑުމެން ނުހައްދަވާ: މަލީހު

މެންބަރުންނާއި ސަރުކާރާ އޮތް ކޯޅުމުގަ، ހަނގުރާމައިގެ މައިދާނަކަށް އަޅުގަނޑުމެން ނުހައްދަވާ: މަލީހު

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 10:54
0

ސަރުކާރާއި މަޖިލީހުގެ ބައެއް މެންބަރުންނާ ދެމެދު އޮތް ކޯޅުމެއްގައި ހަނގުރާމައިގެ މައިދާނަކަށް ވަޒީރުން ނުހެއްދެވުމަށް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް މަޖިލީހަށް ގޮވާލައްވައިފިއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީޖހުގެ 14 މެންބަރުން ސޮއިކުރައްވާ ހުށައަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުން މަލީހު ވިދާޅުވީ، އެމަނިކުފާނު ވަކިކުރުމުގައި ގޮތެއް ނިންމަވާނީ މަޖިލީހުންކަމަށާއި، ނަމަވެސް ދިގާއި އިލްޒާމް އަލުއްވާފައި އެކަން ނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އެކަންކުރައްވާނަމަ އިންސާފުގެ މަގުން އެކަން ކުރެއްވުމަށް ދަންނަވާކަމަށް ވިދާޅުވެ މަލީހު ވަނީ އެ ވުޒާރާއިން މަސައްކަތެއް ނުކުރާކަމަށް ބައެއް މެންބަރުން ކުރާ ތުހުމަތުތަކަށްވެސް ރައްދު ދެއްވާފައެވެ.

މަލީހު ވިދާޅުވީ، އިންޓަނެޓް އަގުހެޔި ނުކުރާވާހަކަ މެންބަރުން ދައްކާއިރު، އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ވާނީ ފުރިހަމަކޮށްފައިކަމަށާއި، އިނތަރނެޓް އަގުހެޔޮ ކުރުރާނެ ތާރީޚާއި ދުވަސް ކަނޑައަޅާނީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހުންކަމަށެވެ. މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އެ މިނިސްޓްރީއާއި މަތިކުރެއްވި އެއްވެސްކަމެއް ނުކުރައްވާ ދޫކޮށްލާފައި ނުވާނެކަމަށާއި، އެއީ މުޅިން އަލަށް މިސަރުކާރުގައި އުފެދުނު ވުޒާރާއަކަށް ވީހިނދު، އެތަން ފުރަތަމަ އޮތީ ބައު ގުދަންގަނޑެއްގޮތަށް އިްނސާނުން މަސައްކަތްކުރަން ގެންގުޅެން ޖެޔޮނުވާނެ ފެންވަރަށްކަމަށެވެ. އަދި އެއީ އިންސާނީ ހައްގުތަކށްވެސް ނުރައްކާވަރަށް އޮތް ތަނެއްކަމަށާއި، ނަމަވެސް އެތަން މިހާރު ދައުލަތުގެ ވުޒާރާއެއްގެ ފެންވަރަށް ހަދާފައިވާކަމަށެވެ. އަދި 54 ސިވިލް ސާރވިސް މުވައްޒަފުން ތިބެންޖެހޭ ތަނެއްގައި އަދިވެސް ތިއްބެވީ 18 މުވައްޒަފުންކަމަށާއި އެކަމުގެ ޒިންމާވެސް ނަންގަވަން ޖެހިވަޑައިގަންވާނީ އެމަނިކުފާނުތޯ ސުވާލުކުރެއްވިއެވެ.

54 މުވައްޒަފުން ތިބޭ ތަނަކު ތިއްބެވީ 18 މުވައްޒަފުން. އެކަމުގެ ޒިންމާ ނަގަން ޖެހޭނީވެސް އަޅުގަނޑުތޯ؟.މުވައްޒަފުން ނުދިންނަމަވެސް، ބައު ގުދަންގަނޑެއް ދިންނަމަވެސް، ވުޒާރާއެއް ހިންގުމަށް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނަސް އެއްވެސް ކަމެއް ނުކޮށް ނޯންނާނެ.

– މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް

މަލީހު ވިދާޅުވީ ދިރާގު ހިއްސާ ބައެއް ސަރުކާރުތަކުން ވިއްކާލުމުންވެސް ޓެލެކޮމިއުނިކޭޝަންގެ ޤަވާއިދެއްގެ ވާހަކަ އެއްވެސް މެންބަރަކު ނުދައްކާކަމަށެވެ.

ބައެއް ސަރުކާރުތަކުގައި ދިރާގުގެ ހިއްސާ ވިއްކާލިއިރު ޤާނޫނުގެ ވާހަކައެއް ނާދޭ. ކޭމް ބަރާބަރު. އޭރު ހަދަންޖެހޭ ޤަވާއިދުގެ ވާހަކައެއް ނާދޭ. އެހެންވީމަ އިންސާފުން ހަމަހަމަައަށް ކިރާފަ ތިބޭފުޅުން ވާހަކަ ދައްކަވާށޭ.

– މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް

މަލީހު ވިދާލުވީ ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެކަމަށެވެ. ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.

މަޖިލީހުގެ ބައެއ މެންބަރުންނާއި ސަރުކާރާ އޮތް ކޯޅުމެއްގައި ހަނގުރާމަ ކުރާ މައިދާނަކަށް އަޅުގަނޑުމެން ނުހައްދަވާ. އެއީ ޤާނޫނު އަސާސީއާއި ޚިލާފްކަމެއް. ތިބޭފުޅުން ރީތި ނަމޫނާ ދައްކަވާ. ކީއްވެތޯ ނަމޫނާ ނުދެއްކިގެން ތިއުޅުއްވަނީ" މިއީތޯ ސަރުކާރުގެ ވުޒާރާތައް ޖަވާބުދާރީ ކުރުވާގޮތަކީ. ތިބޭފުޅުން އަމިއްލަ ނަފްސާ ސުވާލުކުރައްވާ.

– މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އޭނާ ޖަވާބުދާރީވުމަށް ތިން ފުރުޞަތު އެރުވުމަށް ވަނީ ނިންމާފައެވެ. އެއީ އެ މައްސަލައިގެ ބަހުސް ފެށްޓެވުމުގެ ގޮތުން ދެއްވާ 10 މިނެޓްގެ ފުރުޞަތަކާއި، ބަހުސްގެ މެދުތެރެއިން ދެއްވާ 10 މިނެޓްގެ ފުރުޞަތެއްގެ އިތުރުން ބަހުސް ނިންމެވުމުގެ ގޮތުން ދެއްވާ 10 މިނެޓްގެ ފުރުޞަތެކެވެ. އަދި މިއަދު އެ މައްސަލާގައި ވޯޓް ނެގުންވެސް އޮންނާނެއެވެ. އެމްޑީޕީން ވަނީ މަލީހު މަޤާމުން ދުރުކުރުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Abdulla Mahir
Furathama majileehun nimmee vakigothakah vote dhee vazeefaain vakikollan. Dhen migennanee majiliss ge baaru dhaalai haaruvaalan majileehah. Javaabu dhaaree kuransho! Majiliss in hamajehey ekkameh nukuraathee, fennanee India in majileehah kumaarun gennan.