ރާއްޖޭގައި ކޯވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިން ޖެހި މީހުންގެ ޢަދަދު ލައްކައަކާއި ގާތްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވެކްސިންޖެހާފައިވަނީ 7،446 މީހަކަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 4،825 މީހުންނާ، އަތޮޅުތަކުގެ ސެންޓަރުތަކުން ވެކްސިން ޖެހި 2،621މީހުންނެވެ. މިއާއެކު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 69،725އަށް އަރާފައެވެ. އަދި އަތޮޅުތަކުން ވެކްސިން ޖެހު މީހުންގެ އަދަދުވަނީ 28،586އަށް އަރާފައެވެ. އެހެންކަމުން ރާއްޖޭގައި މިހާތަނަށް ޖުމްލަ98،311 މީހަކު ވަނީ ވެކްސިން ޖަހާފައެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/h2QaKd6Kqx
— Health Protection Agency (@HPA_MV) February 25, 2021
މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން100،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު، ހެޔޮއެދޭ އަމިއްލަ ފަރާތަކުންވެސް 5000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ