ފުލުހުންގެ މުއައްސަސާއިން %50 ފުލުހުން ވެކްސިން ޖަހައިފި

ފުލުހުންގެ މުއައްސަސާއިން %50 ފުލުހުން ވެކްސިން ޖަހައިފި

Author
މުޙައްމަދު ޖިމީ
25 ފެބްރުއަރީ 2021 02:32
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ފުލުހުންގެ މުއައްސަސާގެ ދެބައިކުޅަ އެބައި ފުލުހުން މިހާރު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ނިޔަލަށް އެ މުއައްސަސާގެ 1676 ފުލުހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށާއި، ފުލުހުން ތިބީ ވެކްސިން ޖަހައިގެން، ބަލިން ރައްކާތެރިވެ، ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ ޙާލަތު ރަނގަޅުވެގެންދާނެކަމުގެ އުއްމީދުގައިކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ90،000 އަށްވުރެ މައްޗަށް އަރާފައެވެ. ރާއްޖޭގައި ވެކްސިން ދޭން ފަސާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ވެކްސިން ދޭންފެށީ ފްރޮންޓްލައިންގައި އޅޭޭ މީހުންނާއި، ހައިރިސްކު މީހުންނަށް ނަމަވެސް މިހާރު 25 އަހަރުން މަތީގެ އެންމެނަށް އަންނަނީ ވެކްސިން ދެމުންނެވެ. ސަރުކާރުން ވަނީ 6 މަސްތެރޭ ރާއްޖޭގައި އުޅޭ އެންމެނަށް ވެކްސިން ދިނުމަށް ކަނޑައަޅާފައެވެ.

މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ. މީގެ އިތުރުން ޗައިނާއިން100،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައިވާއިރު، ހެޔޮއެދޭ އަމިއްލަ ފަރާތަކުންވެސް 5000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.