މޮރޮކޯގެ އަންހެންކުދިންނާ ކައިވެނިކޮށްދޭނެ ކަމަށްބުނެ ފެތުރި ޕޯސްޓާގުޅިގެން އެތަށް ކޯލެއް މަބްރޫކަށް!

މޮރޮކޯގެ އަންހެންކުދިންނާ ކައިވެނިކޮށްދޭނެ ކަމަށްބުނެ ފެތުރި ޕޯސްޓާގުޅިގެން އެތަށް ކޯލެއް މަބްރޫކަށް!

Author
ޢަލީ އާދަމް
24 ފެބްރުއަރީ 2021 11:42
0

މޮރޮކޯގެ ޒުވާން އަންހެން ކުދިންނާ ކައިވެނިކުރުމުގެ ފުރުސަތު ދިވެހި ފިރިހެނުންނަށް ހޯދައިދެނީ ކަމަށް ބުނެ އިއްޔޭއްސުރެ ސޯޝަލް މީޑިއާގައި ފެތުރި ޕޯސްޓެއްގެ ސަބަބުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒަށް އެތަށް ފޯންކޯލެއް އައިސްފައި ވާކަމަށް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ބަޔަކު މަޖަލަކަށް ކުރި ނަމަވެސް އެއީ ވަރަށް ސީރިއަށް މައްސަލައެއްކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް އެތައް ބަޔަކު ޝިކާރައަކަށް ވާ ހިއުމަން ޓްރެފިކިންގެ މައްސަލައިގައި މިހާރަށްވުރެ ބޮޑަށް ދިވެހިން ހޭލުންތެރިވާން ޖެހޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓްގައި މަބްރޫކުގެ ފޯންނަމްބަރުގެ އިތުރުން ރައީސް އޮފީހުގެ އިތުރު އެހެން ބައެއް ބޭފުޅުންގެ ނަމްބަރުވެސް ޖަހާފައިވެއެވެ. އެކަމުގެ ސަބަބުން އެ ޕޯސްޓުގައި ތިބި އަންހެނުންނާ ކައިވެނިކުރަން ބޭނުންވެގެން ކަމަށް ބުނެ ދެ ގަޑިއެއްހާ އިރު ތެރޭގައި 80 އަށް ވުރެން ގިނަ ކޯލް ރޭ އެކަނި ލިބުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން އެ ޕޯސްޓްގައި ވާ ނަމްބަރު ތަކަށް ގުޅާފައި "ކިތަންމެ ބޮޑު އަގުގައި ވެސް ޚިދުމަތް ހޯދަން ބޭނުންވާ" ކަމަށް ބައެއް މީހުން ބުނި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ޕޯސްޓްގައި ބުނެފައި ވާގޮތުން މޮރޮކޯގެ ޒުވާން އިތްފަތްތެރި އަންހެނުންނާއި ކައިވެނި ކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައި އެކަމަށް ތައްޔާރުކޮށްފައިވާ ޕެކޭޖުގައި 2،500 ޑޮލަރު ނުވަތަ 43،700 ރުފިޔާ ކަމަށް ވަނީ ޖަހާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރި ޕޯސްޓް

ޅަ އުމުރުގައި އަންހެން ކުދިން ވަގަށް ނަގައިގެން ވިއްކުމާއި މަޖުބޫރުން އަންހެނުން ކައިވެނިކުރުވަމުންދާ މައްސަލައަށް ރާއްޖޭގައި ވެސް މިހާރަށް ވުރެން ބޮޑަށް މުޖުތަމައު ހޭލުންތެރިވާންވެފައި އޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް ހިއުމަން ޓްރެފިކިންގެ މައްސަލަ އާއި މިފަކުއްތަށް މީހުން ކުރަން ބޭނުންވާ މިންވަރު މިކަމުން އެކަނިވެސް އެބަ އެނގިގެންދެއެވެ. މީގެ އިތުރުން ވަޒީފާ ދިނުމުގެ ނަމުގައި ހިއުމަން ޓްރެފިކިންގ ހިންގާ ގައުމުތައް ތެރޭ ރާއްޖެ ހިމެނެއެވެ. އެކި ގޮތްގޮތަށް ހިންގާ އިންސާނީ ވަގުފާރި އަކީ މާލީމަންފާއަށް މުޅި ދުނިޔޭގައި ހިންގާ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ބޮޑު ކުށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.