ފެނަކަ ރީޖަނަލް އޮފިސްތައް އުވާލުމާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ

ފެނަކަ ރީޖަނަލް އޮފިސްތައް އުވާލުމާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެ

Author
މުޙައްމަދު ޖިމީ
24 ފެބްރުއަރީ 2021 09:45
0

ފެންކަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީސްތައް އުވާލުމާއި ގުޅިގެން ބައެއް މީހުންގެ ވަޒީފާ ގެއްލިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ރީޖަނަލް އޮފީސްތައް އުވާލުމާއި ގުޅިގެން ބައެއް މީހުންގެ ވަޒީފާ ގެއްލިފައިވާތީ، ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދިވެހިންނަށް ވަޒީފާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ހުރި މިދުވަސްވަރު ޕާޓި ކުދިން ރުއްސަން ވަޒީފާ އަދާކުރަމުންދިޔަ އޮފީސް އުވާލުމަކީ ރައްޔިތުންނަށް ދޭ އަނިޔާއެއްކަމަށެވެ. ޝިޔާމް ވަނީ އެ އަނިޔާތައް ނިމެން މާގިނަ ދުވަހެއް މިހާރު ނެތްކަމަށްވެސް ވިދާޅުވެފައެވެ.

ރީޖަނަލް އޮފިސްތައް އުވާލުމާއި ގުޅިގެން ބައެއް މީހުންގެ ވަޒީފާ ގެއްލުމުން ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކޯވިޑް-19އާއި ގުޅިގެން އިޤްތިޞާދަށް އައި ހީނަރުކަމާއެކު އެތައް ބަޔަކަށް އާމްދަނީ ލިބުން ހުއްޓި ނުވަތަ ދަށްވެފައިވާ ދަނޑިވަޅެއްގައި ވަޒީފާ ގެއްލުވާލުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ސަރުކާރުން ވަޒީފާގެ ފުރުޞަތު ދިވެހިންނަށް ނުދީ ބޭރު މީހުންނަށް ވަޒީފާ ދެމުން އަންނަކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ބައެއް މީހުންގެ ވަޒީފާ ގެއްލިގެން ދިޔައިރު، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ރެކޯޑް ޢަދަދަކަށް މީހުން ތިބިކަމަށް ދައްކައެވެ. އެގޮތުން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި 606 މީހުން ތިބިކަމަށް ރައިސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.