އައިއެމްއޯގެ ދާއިމީ މަންދޫބަކަށް ޑރ.ފަރަޙްނާޒް

އައިއެމްއޯގެ ދާއިމީ މަންދޫބަކަށް ޑރ.ފަރަޙްނާޒް

Author
މުޙައްމަދު ޖިމީ
23 ފެބްރުއަރީ 2021 12:54
0

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ.ފަރަޙްނާޒް ފައިސަލް އައްޔަންކުރުމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

އައިއެމްއޯއަށް ޑރ.ފަރަހަނާޒް އަައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ޑރ.ފަރަޙްނާޒް ވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިން ޕީއެޗްޑީ ޙާސިލްކުރައްވާފައެވެ.

އެކަމަނާ މިހާރުވެސް ގެންދަވަނީ އިންގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހަންމަ
ދެންނެތްތަ އެ ނިކަމެތި މީހާ އަށް ދޭނެ އިތުރު މަގާމެއް ޑރ ކަށް ދެން ދިވެހިން ހުސްވީބާ އަލްހަމްދުލިއްލާހި ވޯޓް އޮށްސާލި ރާއްޖެ ތެރޭގެ މީހުނަށް ބޮޅެއް