ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ހުރިހާ ރައްޔިތުން ނިކުތުން ނޫންގޮތެއް މިހާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރެއްވި7000 ހައުސިން ޔުނިޓްގެ ތެރެއިން އެއްކޮޓަރީގެ ފްލެޓްތައް ސަރުކާރުން ނުދިނުމަށް ނިންމާފައިވާއިރު، ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރާނެ އެންމެ ކުޑަ އަގަކީ މަހަކު7000 ރުފިޔާކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ބޭނުންވަނީ ނިކަމެތި ރައްޔިތުންނަށް ކުއްޔައް ދޭންކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ބޭނުންފުޅުވީ ރައްޔިތުންނަށް އަމިއްލަ ކުރެވޭގޮތަށް ކުޑަ ކުއްޔަކަށް އެ ފްލެޓްތައް ދިނުންކަމަށް މުސްޠަފާ ވިދާޅުވިއެވެ. އޭޏާ ވަނީ މިވަގުތު ރައީސް ޔާމީން މިނިވަންކުރުރުން ނޫންގޮތެއް މިހާރު ރައްޔިތުންނަށް ނެތްކަމަށެވެ.
ސަރުކާރަށް ލިބޭ ލާރިކޮޅު މަދުވެގެން އެއް ކޮޓަރީގެ ފްލެޓްތައްވެސް މަހަކު13،000 ރުފިޔާގެ ރޭޓްއިން ކުއްޔަށް ދެނީ. ރައީސް ޔާމީން ސަލާމަތް ކުރަން ރައްޔިތުން އެއްކޮށް ނިކުތުން ނޫންގޮތެއް ނެތް.
– ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފަލްޓްތައް ޑައުންޕޭމަންޓް ދެއްކުމުން ކުއްޔަށް ދެވޭނެ އެންމެ ކުޑަ އަގަކީ7000 ރުފިޔާކަމަށް ޕްލޭނިން މިނިސްޓަރ ވިދާޅުވެފައިވާއިރު، މިސަރުކާރުން ފްލެޓް ދޫކުރާނީ 5000 ރުފިޔާއަށް ވުރެ ކުލި ބޮޑު ނުވާގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލިސް ކެމްޕެއިން ދުވަސްވަރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެއް ކޮޓަރީގެ އެޕާޓްމަންޓަށް އެދި ފޯމް ހުށައެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ދޭގޮތަށް ކުރީ ސަރުކާރުން ނިންމާފައިވަނިކޮށް މިސަރުކާރުން އެ ކެޓަގަރީތަކުން ހުށައަޅަފައިވާ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ނިންމުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ