ހުޅުމާލެ ޖެޓީ އާއި ސެންޓްރަލް ޕާކް މަރާމާތުކޮށް އަލުން ފުޅުވައިފި

ހުޅުމާލެ ޖެޓީ އާއި ސެންޓްރަލް ޕާކް މަރާމާތުކޮށް އަލުން ފުޅުވައިފި

Author
ޢަލީ އާދަމް
21 ފެބްރުއަރީ 2021 01:39
0

ހުޅުމާލެ ހުޅަނގުފަރާތު ޖެޓީސަރަހައްދާއި ސެންޓްރަލްޕާކުން މަރާމާތުކުރި ސަރަހައްދު ރަސްމީކޮށް ހުޅުވައިފި އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު މަރާމާތުކޮށްފައިވާ މި ތަންތަން ހުޅުއްވައި ދެއްވީ އެކަމަށްޓަކާ އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ. މިތަންތަން ހުޅުއްވައި ދެއްވުމަށްފަހު ކުރައްވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ، ހައުސިންގ ޑިވެލަޕްމެންޓް ކޯޕަރޭޝާނާ ގުޅިގެން ހުޅުމާލެ ތަރައްގީކުރުމަށް އެހީތެރިވުމަކީ އިންޑިއާއަށް ލިބޭ އުފަލެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ހުޅުމާލެ ހުޅަނގު ފަރާތުގައި ފެރީޓަރމިނަލާއި އިންވެގެން އޮންނަ ޖެޓީ މަރާމާތުކުރުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުންވަނީ 995385 ރުފިޔާ ހަރަދުކޮށްފަ އެވެ. އަަދި ސެންޓްރަލް ޕާކު ތަރައްގީކުރުމަށް އެގައުމުން އަށް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހިލޭ އެހީވަނީ ދީފައެވެ.

އެގޮތުން ޕާކުގައި، ހިނގާ މިހުނަށް ހާއްސަކޮށް ޕާތުވޭތަކަކާއި، ބައިސިކަލް ދުއްވުމަށް ހާއްސަ ލޭނެއްވަނީ ތަރައްގީ ކޮށްފައިވެ އެވެ. އަދި ޕާކުގެ ބައެއް ލައިޓް މަރާމާތުކޮށް، އިށީންދެލައިގެން ތިބެވޭނެ ތަންތަންވެސް ތަރައްގީކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.