ސްޓެލްކޯއިން 33 މިލިއަން ރުފިޔާ ނަގައިދިނުމަށް ފަރިވާއިން ސުޕްރީމް ކޯޓަށް

ސްޓެލްކޯއިން 33 މިލިއަން ރުފިޔާ ނަގައިދިނުމަށް ފަރިވާއިން ސުޕްރީމް ކޯޓަށް

Author
މުޙައްމަދު ޖިމީ
21 ފެބްރުއަރީ 2021 12:01
0

ދެހާސް ސޯޅަވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ފާމުލަދޭރި މަގުގައި ހުންނަ ފަރިވާ ފިހާރާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށް ހައި ކޯޓުންކަނޑައެޅި މައްސަލާގައި، ސްޓެލްކޯގެ އިހުމާލު އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދި ފަރިވާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ. ފަރިވާއިން އެދިފައިވަނީ އަލިފާން ރޯވީ ސްޓެލްކޯގެ އިހުމާލުންކަމަށްވާތީ، ބަދަލުގެ ގޮތުގައި 33 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓްގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަރިވާ ފިހާރައިގެ ފަރާތުން ބުނެފައިވަނީ ޝަރީޢަތުގައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމީ، އެ މައްސަލަ ސާބިތު ކުރުމަށް 11 ޝަފަވީ ހެކިން ދަަށު ކޯޓަށް ހުށަހެޅުމުން، އޭގެ ތެރެއިން ތިން ހެކިން ފިޔަވައި އެެހެން ހެކިންގެ ހެކިބަސް ނަގާފައިނުވާ ކަމަށް އެފަރާތުން ހުށަހެޅި ހުށަހެޅުމަށް ބެލުމެއް ނެތިކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަށް ހައިކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ސްޓެލްކޯގެ ވަކީލް ވިދާޅުވީ، ދައުވާ ކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައިވާ ތަކެތި ނޫންކަމަށެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފަރިވާ ފިހާރަ އެއްކޮށް އަނދާ ހުލިވިއެވެ. އެ މައްސަލާގައި އެ ފިހާރައިގެ ވެރިޔާ ހުސައިން ރަޝީދު ދައުވާ ކުރީ އެތަނުގައި އަލިފާން ރޯވީ އެ މަގުގައި ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓް ފޮށީގައި ރޯވެ، ފިހާރައާ ހަމައަށް އަލިފާން ގޮސްގެން ކަމަށްވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ހޯދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.