30 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭން ފަށައިފި

30 އަހަރުން މަތީގެ މީހުނަށް ވެކްސިން ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
21 ފެބްރުއަރީ 2021 10:24
0

ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައދޭޏް މިއަދު ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މއަދުން ފެށިގެން ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައދޭން ފަށާފައިވާކަމަށައި، 18 އަހަރުން މަތީގެ ދިގު މުއްދަތަކަށ ްބޭސްކުރާ މީހުންނަށްވެސް ވެކްސިން ޖަހައިދެމުން އަންނަކަމަށެވެ.

ރާއްޖޭގައި ވެކްސިން ދޭން ފަށާއިފަވަނީ މިމަހުގެ ފުރަތަަމަ ދުވަހުއެވެ. އަދި މިހަތަނަށް 70 ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި އަދި ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ދޭން ފަށާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިވަގުތު ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެޤަުއުމުން ކުރިން 100،000 ވެކްސިންޑޯޒް ހަދިޔާކޮށްފައިވާއިރު، އިއްޔެ ވަނީ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައވެ.

ސަރުކާރުން ވަނީ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެން ވެކްސިން ޖަހާ ފުރިހަމަކުރުމަށް އަމާޒުހިފާފައެވެ. އަދިއެންމެނަށްވެސް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.