އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

Author
މުޙައްމަދު ޖިމީ
21 ފެބްރުއަރީ 2021 09:13
0

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.37 ލާރި ބޮޑުކޮށްފައިވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ ލީޓަރެއް 8.44 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް އެސްޓީއޯއިން ވިއްކީ 8.07 ރުފިޔާއަށެވެ.

ޕެޓްރޯލްގެ އިތުރުން ޑީސަލް ވިއްކާ އަގަށްވެސް އެސްޓީއޯއިން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ޑީސަލް ލީޓަރަކުން 0.48 ލާރި އެސްޓީއޯއިން ވަނީ ބޮޑުކޮށްފައެވެ. މިއާއެކު ދެން ޑީސަލް ލީޓަރެއް ލިބޭނީ 9.19 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކީ 8.71 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާތީކަމަށެވެ. ކޯވިޑްގެ ބަލިމަޑުކަން ބޮޑުވެގެން ދިޔަ ދުވަސްވަރުވެސް ތެލުގެ އަގު އެތައް ފަހަރެއްގެ މަތިން ކުޑަކޮށްފައިވާނެކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.