ޖައްސަން އުޅުމުގެ ތެރެގައި އެއަރ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ހޮޅިދަޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ޖައްސަން އުޅުމުގެ ތެރެގައި އެއަރ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ހޮޅިދަޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

Author
ހުސެއިން
21 ފެބްރުއަރީ 2021 07:49
0

އެއަރ އިންޑިއާ އެކްޕްރެސް ފްލައިޓެއް އަންދްރަ ޕްރަދޭޝްގެ ވިޖަޔަވަޑާ އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ކަރަންޓު ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ވިޖަޔާވަޑަރ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިރެކްޓަރ ޖީ މަދުސުދަން ރާއީ އާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، "މި ހާދިސާއާއި ގުޅިގެން މި ފްލައިޓުގައި ދަތުރުކުރިން 64 ފެސެންޖަރުންނާއި އަދި އެއްވެސް ކުރޫއަކަށް އެވެސް އަނިޔާއެއް ވެފައެއް ނުވެ"އެވެ.

އެއަރ އިންޑިއާ އެކްސްޕްރެސް އިން ބުނެފައިވާ ގޮތުގައި އެއަރލައިން އިން މިހާވރުވަނީ މިހާދިސާ ހިގާފައިވާގޮތް ބެލުމަށް ޚާއްސަ ތަހުގީގެއް ފަށާފައެވެ.

މިހާދިސާ ހިގި ސަރަހައްދުގެ ފޯޓޯތަކުން ފެންނަ ގޮތުގައި، މި ފްލައިޓް ޖެހި އެކްސިޑެންޓް ވެފައިވާ ހޮޅި ދަޑިއާއި އަދި ދަޑީގައި ހަރުކޮށްފައި ހުރި ބޮކިތަކާއި ދަމާފައި ހުރި ކަރަންޓު ނަރުތައްވަނީ ފުޑުފުޑު ވެފައެވެ. އަދި އެކްސިޑެންޓްވި ބޯޓުގެ ކަނާތްފަރާތު ފަހަތުން ފިޔައިގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ބަނޑިވެގެން ގޮސްފައެވެ.

އެއަރ އިންޑިއާ އެކްސްޕްރެސްއަކީ، އެއަރ އިންޑިއާގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. އަދި އެކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން، އިންޑިއާގައި %7.1 ގެ މާރކެޓް ޝެއަރއެއް އެކުންފުނީގެ އޮވެއެވެ.

ބަޖެޓް އެއަރލައިނެއް ކަމުގައިވަ މި އެއަރލައިން އުދުހުމުގައި ބޭނުން ކުރަނީ، ބޮއިން 737-800 ނެކްސްޓް ޖެނެރޭޝަން މަރުކާގެ 24 ބޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.