ޢަދަދުތައް އަދިވެސް މަތީގައި، މިއަދުވެސް 145 ޕޮޒިޓިވް ކޭސް

ޢަދަދުތައް އަދިވެސް މަތީގައި، މިއަދުވެސް 145 ޕޮޒިޓިވް ކޭސް

Author
މުޙައްމަދު ޖިމީ
20 ފެބްރުއަރީ 2021 10:17
0

ކޯވިޑް-19އަށް އިތުރު 145މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި 145 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 89 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 22 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 32 މީހުނާއި އުޅަނދުތަކުން ޕޮޒިޓިވްވި 2 މީހެކެވެ.

މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،612 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 96 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 16،061 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،484 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 162 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،883 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 488،068 ސާމްޕަލްވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 60 މީހުން ނިޔާވެފައެވެ. އެއީ 52 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ކޯވިޑް-19ގައި މިމަހު އެކަނިވެސް 9 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 2 މީހަކު ނިޔާވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަރާ
މިހެން ވަންޏާ އަދަދުތައް ދާނީ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދެއް ނުވާނެ. އެޗްޕީއޭއަށް ފިޔަވަޅު އެޅެނީ މަގުމައްޗަށް ނިކުންނަ މީހުންނަށް އެކަނި. ދޮންދޫނި ޕްރީސްކޫލުގެ މެންދުރުފަހުހެ ހުރިހާ ޓީޗަރުން ކަހަލަ ގޮތަކަށް ވެކްސިން ޖެހިފަހުން އެކަކު ޕޮޒިޓިވްވެ ޓެސްޓު ކުރިއިރު މެންދުރުފަހު ސެޝަންގެ ދެތިން މީހެއްފިޔަވާ އެންމެން ޕޮޒިޓިވްވެއްޖެ. ޕްރީސްކޫލުތަކުހެ ކިޔަވާދިނުން އެޑިއުކޭޝަނުން އިންލައިންކޮށްގެންދަން އެނަގުމުންވެސް ކޮންމެދުވަހަކު ޓީޗަރުން ނެރެމުންދިޔައީ ތަނަކީ މުޅިތަން އޭސީކޮށް ވައިބޭރުވާގޮތަށް ހުންނަތަނެއްނޫން އެކަމަކު އެންމެންގެންގޮސް އެތަންކޮޅުތެރޭ މާސްކުވެސް ނާޅާ ބައެއް ޓީޗަރުން ވަރަށް ވަފުވާކުޑަކޮށް ބޮނޑިވެ ސައިބޮއި މަސައްކަތުގައި އުޅޭއިރުވެސް މެނޭޖުމަންޓުގެ މާބޮޑު އަޅާލުމެއް ނޯވޭ ޕޮޒިޓިވްވި ޓީޗަރު އެދުވަހު ސްކޫލަށް ނިކުތްއިރުވެސް ހުރީ ހުންއައިސް މެނޭޖުމަންޓުން ޓީޗަރުންނަށް އަންގާފަ އޮންނަނީ ހުންހުއްޓަސް ކޮވިޑުކަން ޔަގީންނުވަންޏާ ސްކޫލަށް ނިކުންނަން ޖެހޭނެކަމަށް އެހެންވެ އެދުވަހުވެސް އެޓީޗަރު ހުންއައިސްހުރެ ނިކުތީ ޓެސްޓުހަދާ ޕޮޒިޓިވްވުމުން ސްކޫލަށް އެވާހަކައެންގި. އެހެނަސް ޖެހިހެންއައިދުވަހުވެސް އެހެންޓީޗަރުން ސްކޫލަށް ނިކުންނަން މެނޭޖުމަންޓުން އެންގުމުން ޓީޗަރަކު ޕޮޒިޓިވްވެ އެންމެން ކޮންޓެކްވެފަ ތިބިކަން ބުނުމުން މެނޭޖުމަންޓުގެ ޖަވާބަކަށްވީ ޕޮޒިޓިވްވި ޓީޗަރު މިހާރު އެވާހަކަ ބުނީހޭ. ޕޮޒިޓިވްވި ވާހަކަ ނުބުނަން އޭނަގާތު ބުނެފައޭވާނީ ސްކޫލުން މައުލޫމާތު ދީފަވަނީ އެއްވެސް ޕޮޒިޓިވްވި ޓީޗަރާ އެއްވެސް އެހެން ޓީޗަރަކު ކޮންޓެކްޓު ނުވާކަމަށް މީގެ ކުރިންވެސް ސްކޫލުގެ މަސައްކަތު މީހަކު އެފަހަރުވެސް ސްކޫލުން މަަުލޫމާތު ދިނީ އެމުވައްޒަފާ އެހެން އެއްވެސް މުވައްޒަފަކާ ކޮންޓެކްޓު ނުވާކަމަށް އެކަމަކު އެމުވައްޒަފު އެޗްޕީއޭއަށް ތެދުބަހުން މައުލޫމާތު ދިނުމުން ދެފަރާތުން އެޗްޕީއޭއަށް ދިން މައުލޫމާތު ދިމާނުވެ ދޮގުހެދި ފަރާތެއްނޭނގި ފަވަނީ. ދޮނދޫނީގެ މެނޭޖްމަންޓު ފާހަގަވަނީ ކަންކަމުގެ ހަގީގީ މައުލޫމާތު އެންމެނަށްވެސް ފޮރުވާ ލޯމައްޗަށް އަވާމެންދު ދައްކާ ބައެއްގެ ގޮތުގަ މިފަހަރުގެ ކޮވިޑުކޭސް ފޮރުވަން މަސައްކަތްކުރުމުން ބައެއް ޓީޗަރުންތައް ރަތަށްއަރާ މެނޭޖުމަންޓުން ބޮޑު މީޓިންއެއްބާ ޓީޗަރުންނަށް ވަނީބަވާފަ. މެނޭޖުމަންޓުގެ ވައިގަ އުޅޭ ދެތިން ޓީޗަރަކު ލައްވާ ކަމުގެ ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފަވާކަންއެނގޭ