ނެއްލައިދޫ ބަނދަރު ޒަމާނީ ފެންވަރައް ތަރައްޤީ ކުރުމަށް، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ނެއްލައިދޫ ބަނދަރު ޒަމާނީ ފެންވަރައް ތަރައްޤީ ކުރުމަށް، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 03:57
0

ވެލި އަރައި ތިލަވެފައިވާ ހދ. ނެއްލައިދޫ ބަނދަރު ފުންކޮށް ބަނދަރު ތަރައްޤީ ކުރުމުގެ މަސަކަތް ހުއްޓުމެއްނެތި ދަނީ ކުރެވެމުންނެވެ.

އެމްޓީސީސީން ވިދާޅުވީ ބަނދަރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި މިހާތަނަށް 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ބަނދަރު ފުންކުރުމަށް ކުރާ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވަކަމަށެވެ. މިމަސައްކަތަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ މަޝްރޫއެކެވެ.

ނެއްލައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު 2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި މި ބަނދަރަކީ 400 ފޫޓު ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަފާ ފުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.