މަތިވެރިން ދެ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންނަށް

މަތިވެރިން ދެ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންނަށް

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 08:59
0

އއ.މަތިވެރިން ކުޑަ ދެ ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

އ.މަތިވެރީ ކައުންސިލް މެމްބަރަކު ވިދާޅުވީ މަތިވެރީގައި މިދެކުދިން ޕޮޒިޓިވް ވެފައިވަނީ ހުން އައިސްގެން ނެގި ސާމްޕަލްތަކުން ކަމަށެވެ. މިދެކުދިން ޕޮޒިޓިވްވެފައިވަނީ އެކުދިންގެ ކާފައާއި، މާމަ މާލެ ގޮސް ރަށަށް ދިޔަފަހުން ނެގި ސާމްޕަލްތަކުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނިކޮށެވެ. މިއަދު ޕޮޒިޓިވްވި ދެކުދިންގެ ތެރެއިން އެއްކުއްޖަކީ މަތިވެރި ސްކޫލު ގްރޭޑް 6 ގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެކެވެ. އަނެއް ކުއްޖަކީ ސްކުލަށް ނުދާވަރުގެ ކުޑަ ކުއްޖެކެވެ.

މިދެކުދިންގެ ތެރެއިން ސްކޫލުގައި ތައުލީމް ހާސިލް ކުރަމުންދދިޔަ ކުއްޖާ މިދިޔަ ހަފްތާގައި ސްކޫލަށްވެސް ގޮސްފައިވެއެވެ. އަދި ރަށު ތެރޭގައިވެސް ކޮންމެވެސް ވަރަކަށް އުޅުނުކަމަށް މައުލޫމާތު ލިބެއެވެ. މިކުދިން ޕޮޒިޓިވް ވެފައިވާއިރު، އެގޭގެ މީހުންވެސް ހުސް އައިސްގެން އުޅޭކަމުގެ ރިޕޯޓްވަނީ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.