މާލޭގެ މަގުތަކުގައި ހަދާފައިވާ ޕާކިންތައް ދޫކުރުމުގައި އަމަލުކޮށްފައިވާ އުސޫލުތަކާއި، ދޫކުރަމުންދާ ގޮތުގެ މައުލޫމާތު ދިނުމެއްނެތި އޭގައި އޮޅުންފިލުވަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަންފާހަގަކޮށް އެކަން ބަލަިއ ދިނުމަށް މާލެ ސިޓީ ކައުންސިލް 7 މެމްބަރަކު ސިޓީ ކައުންސިލަށް މައްސަލަ ހުށަހަޅައިފިއެވެ.
މިމައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ހަރަކާތްތެރިވި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީން ވިދާޅުވީ މާލޭގެ މަގުތަކުގައި ހަދާފައިވާ ޕާކިންތައް ދޫކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުގެ އެއްވެސް ނިންމުމެއް ނެތިކަމަށެވެ. މިކަމަކީ މިގޮތަށް ކުރެވޭނެ ކަމަކަށް ނުވުމުން މިކަން ހުއްޓުވައި ދިނުމަށް 7 ކައުންސިލަރަކު ސޮއިކޮށް ވަނީ މައްސަލަ މާލެ ސިޓީ ކައުންސިލަށް ހުށަހަޅާފައެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދަށް އެޑްރެސްކޮށް ފޮނުވާފައިވާ މިސިޓީގައި ބުނެފައިވަނީ މާލޭގެ މަގުމަތީގައި ޕާކިންގ އަށް ދޫކުރެވިފައިވާ ޕާކިންގ ޖާގަތަކާއި، ޕާކިންގ ޖާގަތައް ދޫކުރުމުގައި ދިމާވާ މައްސަލަތަކާއި، އަދި މިހާރު ދޫކޮށްފައިވާ ޕާކިންގ ޖާގަތައް ދޫކުރެވިފައިވާ ފަރާތްތަކާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ކައުންސިލަރުންނަށް ނޭގޭކަމަށާ އަދި ޓްރާންސްޕޯޓް ކޮމެޓީން މިކަން ސާފުކުރެއްވުމަށް ހުށަހެޅުއްވުމުންވެސް މިކަން ހިއްސާކޮށްފައި ނުވާތީ މިކަންކަމާ މަޝްވަރާކޮށް ހައްލުހޯދުމަށް ބޭނުންވާކަމަށެވެ.
Magumathee park kuran usoole hadhaafa noannaane.
Garaarakun faaskohfaivanee "Male' City Council ge faraathun tharageekohfaivaa parking zone thakugai agunagaigen park kurumah hadhaafaivaa ehgamu ulhandhu park kurumuge usool"
?♂️ https://t.co/ZPQwHHJCAA pic.twitter.com/xIJPRZ2tv6— ?????? ?? (@fazeen2457) January 31, 2021
އަދި ކައުންސިލުން ފާސްކުރުމަކާނުލާ އިދާރީގޮތުން އިއުލާނުކޮށް 31 ޖަނަވަރީ 2021 ގައި ކުރިއަށް ގެންދާ މަގުމަތިން ޕާކިންގ ޖާގަދޫކުރުން ހުއްޓުވާ އަދި މިއަދު 13:00 ގައި މިކަންކަމާ މަޝްވަރާކުރުމަށް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިދެއްވުމަށް އެދި ހުށަހަޅާކަމަށެވެ.
މާލޭގައި ވެހިކަލްތައް ޕާކުކުރާނެ ޖާގަ އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށްވާއިރު، މިވީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މާލެ ސިޓީ ކައުންސިލް މޭޔަރު ސިފާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން އެކަނިވެސް މާލޭގައި ވެހިކަލްތައް ޕާކުކުރުމަށް 8000 އަށްވުރެ ގިނަ ޖާގަ ހަދައިދީފައިވާކަމަށް މޭޔަރ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ