އީރާނުން އުފެއްދި ކޯވިޑް19 ވެކްސިން އިގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރޭ

އީރާނުން އުފެއްދި ކޯވިޑް19 ވެކްސިން އިގިރޭސިވިލާތުން ފެނުނު އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރޭ

Author
ހުސެއިން
31 ޖެނުއަރީ 2021 06:12
0

އިރާނުން އުފެއްދި ކޯވިޑް19 ވެކްސިން، އިގިރޭސިވިލާތުން އެންމެ ފުރަތަމަ ފެނުނު ވޭރިއެންޓާ ދެކޮޅަށް ވަރަށް ރަގަަޅަށް މަސައްކަތް ކުރާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިރާންގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޚާމަނާއިގެ ފުރިހަމަ ބެލުމުގެ ދަށުން ހިގަމުންދާ، ނުފޫޒު ގަދަ، ދައުލަތުގެ ކުންފުންޏެއް ކަމުގައިވާ، ސެޓަޑްއިން ވެކްސިން އުފެއްދުމާބެހޭ ހުރިހާކަމެއް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި ހަސަން ޖަލީލީ ވިދާޅުވި ގޮތުގައި، ކޯވިރާންގެ ދެޑޯޒް ޖެހުމަށް ވޮލެންޓިއަރ ކުރިން ފަރާތްތަކުގެ ލޭގެ ސާމްޕަލްތައް ބޭނުންކޮށްގެން ހެދުނު ތަހީލުތަކުން ފުރިހަމަ ނަތީޖާތަކެއް ދައްކާފައިވާ ކަމަށެވެ.

"މި ވެކްސިން ދީފައިވާ ކެނޑިޑޭޓުންގެ ބްލަޑް ޕްލާސްމާ ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، މިވެކްސިންގެ ސަބަބުން އިގިރޭސިވިލާތުން ފެނިފައިވާ މިއުޓޭޓް ވެފައިވާ ވަރަހުގެ އަސަރު މުޅިން ނެތިކޮށްލާ،" އޭނާ ވިދާޅުވިއެވެ.

އިރާނުގެ ގައުމީ ޓާސްކް ފޯހުގެ އިސް މެމްބަރެއްކަމުގައިވާ މިނޫ މޮހުރާޒްވެސް ވަނީ މިކަން ޔަގީން ކޮށްދެއްވާފައެވެ.

"ގައިން ގަޔަށް ފެތުރުމުގެ ގާބިލްކަން %70 އަށްވުގެ ބޮޑުކޮށް ލިބިފައިވާ، އިގިރޭސިވިލާތުން ފެނިފައިވާ ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ސާމަޕްތައް ސެޓާޑްގެ ރިސާޗަރުންނަށް ހެލްތު މިނިސްޓްރީން ފޯރުކޮށް ދިނުމާއެކު، ކޯވިރާން ބަރެކާތުގެ ވެކްސިން ދެވުނު ފުރަމަ 3 މީހުންގެ ލޭގެ ޕްލާސްމާ ސާމަޕްލަ ތަކުންވަނީ ވައިރަހުގެ މުޅިން ނެތިގެން ގޮސްފަ،" އޭނާ ވިދާޅުވިއެވެ.

މި ހަފްތާގެ ކުރީކޮޅު، އިރާނުގެ ހެލްތު މިނިސްޓަރ ސައީދު ނަމަކި ވިދާޅުވި ގޮތުގައި ނެދަލޭންޑުން އެގައުމަށް އައި މީހެއްގެ ކިބައިންވެސް ވަނީ، އިގިރޭސިވިލާތުގައި ފެތުރެންފެށި އާ ވޭރިއަންޓުގެ ވައިރަސް ފެނިފައެވެ. މިއީ އިރާނުން ފެނުނު މި ވޭރިއެންޓުގެ 7 ވަނަ ކޭސްއެވެ.

އިރާނުން އަމިއްލައަށް އުފެއްދި ވެކްސިންގެ 3 ޑޯޒް އެގައުމުންވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެގައުމުގެ 3 ރައްޔިތެއްގެ ގަޔަށް ޖަހާފައެވެ. މީގެތެރޭގައި ހިމެނޭ އިރާންގެ އެނެމް ފުރަތަމަ ރައްޔިތަކީ، ސެޑަޓް ކުުންފީގެ ޗީފްގެ އަންހެން ދަރިފުޅަށެވެ. އަދި، މިވެކްސިނާއިމެދު އާންމުގެ ހިތްތަކުގައި އިތުބާރު އުފެއްދުމުގެ ގޮތުން މީގެއިތުރަށް ސެޑަޓް ކުންފުނީގެ އިތުރު އިސް 3 މުވައްޒަފެއްގެ ގަޔަށްވެސް ވަނީ މިވެކްސިން ޖަހާފައެވެ.

މީގެއިތުރުން އިރާނުން މިހާރުވަނީ އެގައުމުން އުފެއްދި ކޯވިޑް19 ވެކްސިންގގެ އެންމެ މަދުވެގެން 32 ޑޯޒުގެ ވެކްސިން ދީފައެވެ. އަދި މީގެ އިތުރުން، އިތުރު 56 މީހަކު އަންނަ ފެބްރުއަރީމަހުގެ ފަހުކޮޅު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާނެއެވެ.

އިރާނުގެ ވެކްސިން އުފައްދާ ކުންފުނި، ސެޓަޑްއިން ބުނެފައިވަނީ، އެކުންފުނިން މިހާރު ޕްލޭންކޮށްފަ އޮތީ، އެކުންފުނިން އުފެއްދި ކޯވިރާން ބަރަކާތުގެ 1-2 މިލިއަން ވެކްސިން ޑޯޒު، އިރާނުގެ ކަލަންޑަރުން އަހަރުގެ އެންމެ ފަހު މަސް ކަމުގައިވާ މާރޗް މަހުގެ ފަހުކޮޅާއި ހަމައަށް ދާއިރަށް އުފެއްދުމެވެ. އަދި އޭގަފަހުން ދެމަސްދުވަހުގެ ތެރޭގައި 10 މިލިއަން ވެކްސިން އުފެއްދުމެވެ.

އިރާނުގައި މިނޫނަސް އެގައުމުން އުފައްދާ ކޯވިޑް ވެކްސިންތައް އުފެއްދުމުގެ މަސައްކަތްދަނީ ކުރިއަށެވެ. އީރާނުގެ އޮފިޝަލުން ބުނާގޮތުގައި މިވެކްސިންތައްވެސް ވަރަށް އަވަހަށް އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރަންޖެހޭ މަރުހަލާއާ ހަމައަށް ދަތުރު ކުރާނެއެވެ.

މިހަފްތާގެ ކުރީކޮޅު، ރަޝިއާއަށް ކުރެއްވި ރަސްމީ ދަތުރެއަގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިރާނުގެ ފޮރިންގ މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވެގައިވަނީ، ރަޝިއާއިން އުފައްދާފައިވާ ސުޕްރިންޓެކްސް V ވެކްސިން ވަނީ އިރާނުގައި އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ މިހާރު ދޫކޮށްފައިވާ ކަމުގައެވެ.

އިރާނުން ރަޝިއާއަށް ކަޑައަޅުވާފައި ހުންނަވާ ކަޒީމް ޖަލާލީ ވިދާޅުވެފައިވަނީ، މިހަފްތާގެ ހޮނިހިރު ދުވަހު އިރާނުގައި އެގައުމުގެ ރައްޔިތުންނާ ރަޝިއާއިން އެތެރެކޮށްފައިވާ ވެކްސިން އާންމުކޮށް ދޭންފަށާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.