ޚަލީލާއި ޓޮމް ހައްޔަރުކޮށްފި

ޚަލީލާއި ޓޮމް ހައްޔަރުކޮށްފި

Author
ޢަލީ އާދަމް
29 ޖެނުއަރީ 2021 09:45
0

އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ ސީދާ ހަރަކާތުގެ ތެރެއިން މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިޤް، ޓޮމް އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ ސީދާ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް މިހާރު ކުރިއަށް ގެންދާއިރު ޓޮމް އާއި ޚަލީލް ހައްޔަރުކޮށްފައި ވަނީ މިރޭ ކުރިއަށްދާ ހަރަކާތުގެ ތެރެއިން ނެވެ.

މިރޭގެ ސީދާ ހަރަކާތްވެސް ޕީޕީއެމްގެ އޮފީސް ދޮރުމަތިން ފަށައި މާލޭގެ މަގުތަކަށް ސީދާ ހަރަކާތުގެ ބައިވެރިން ވަނީ ނުކުމެފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިންވެސް 11 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. "އިންސާފު ކޮބާ" މިނަމުގައި ހަވީރު ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން އެކަކަށް އަނިޔާ ވުމުގެ ސަބަބުން އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފައިކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު މިރޭގެ ވަގުތެއްގައި މެންބަރު ޠޯރިޤް ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.