4 ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ފަރާތްތައް ހޯދަނީ

4 ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ފަރާތްތައް ހޯދަނީ

Author
ޢަލީ އާދަމް
29 ޖެނުއަރީ 2021 03:07
0

ހަތަރު ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ ބ.ތުޅާދޫ، ތ.ވިލުފުށި، ށ.ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއަޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ. މިއީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ކޮށްފާވާ ޢިއުލާނެކެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީ.އޯ.އައި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މި މަސައްކަތްތަކަށް އީ.އޯ.އައި ހުށަހަޅާއިރު އެއްލޮޓަށްވުރެ ގިނަ ލޮޓަށް އެއްފަރާތަކަށް އީ.އޯ.އައި ހުށަހެޅުމުގެ އިޚްތިޔާރު އޮންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ މަޢުލޫމާތު ހިމެނޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ނުނެއެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދެއްގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެންމެ ފަހުން ހުޅުވި ހޯރަފުށީ އެއަރޕޯޓާއެކު ރާއްޖޭގައި މިހާރުވެސް 14 ޑޮމެސްޓިކް އެއާޕޯޓާއި 3 އިންޓަރނޭޝަނަލް އެއަރޕޯޓް އަންނަނީ ހިންގަމުން ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.