މަނީލޯންޑްރިންގ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލުހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައިސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް އެހީތެރިވެދިނުމަށް އަވައްޓެރި ގައުމުތަކުގެ ވެރިންގެ ކިބައިން އެދިއްޖެއެވެ.
ރައީސް ޔާމިންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިގު މުއްދަތަކަށް ރައީސް ޔާމީން ޖަލަށް ލުމުގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރުން ތަކުރާރުކޮށް ހައްޔަރުކޮށް، ޖަލަށް ލަމުން ގެންދާކަމަށެވެ.
Ex-Prez Yameen held in prison on dubious & fabricated charges as judicial independence thwarted by politicized JSC. I humbly request Excellency PMs @narendramodi @PresRajapaksa @ImranKhanPTI to help avoid catastrophic civil unrest in #Maldives. pic.twitter.com/00Hgsg0q0R
— Mohamed Jameel Ahmed (@MJameelAhmed) January 28, 2021
އަދި ރައީސް ޔާމިނާމެދު ކުރެވިފައިވަނީ ވަކި ގޮތަކަށް ބަޔަކު ހަދާފައިވާ ސިޔާސީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އިންސާފުންނެއްޓިފައިވާ ހުކުމެއް ކަމަށާއި، ސިޔާސީ ނުފޫޒު ވަދެފައިވާ ޖޭއެސްސީ އިން ޝަރުޢީ ދާއިރާއަށް ނުފޫޒު ހިންގައިގެން ޝަރުޢީ ދާއިރާގެ އިންސާފުވެރިކަން ގެއްލުވާލާފައި ވާކަމަށްވެސް ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.
އެހެންކަމުން ރާއްޖޭގެ ސުލްހަ މަސަލަސްކަން ގެއްލި ނުދަނީސް ރައީސް ޔާމީން މިނިވަންކުރުމަށް ދިވެހި ސަރުކާރަށް ބާރު އަޅައިދިނުމަށް، އަވަށްޓެރި ސްރީލަންކާ، އިންޑިއާގެ އިތުރުން ޕާކިސްތާނުގެ ލީޑަރުން ޓެގްކުރައްވައި، ޖަމީލް ކުރެއްވި ޓްވީޓްގައި ވަނީ ގޮވާލައްވައިފަ އެވެ.
With Prez Yameen in jail for an extended period & several opposition leaders being dragged to jail multiple times, I also request Excellency PMs @narendramodi @PresRajapaksa @ImranKhanPTI to urge Govt to immediately release Prez Yameen. Stable #Maldives is stable Indian Ocean. pic.twitter.com/gtrjFcyIXN
— Mohamed Jameel Ahmed (@MJameelAhmed) January 28, 2021
މީގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް، ދިވެހި ރާއްޖޭގެ ހަމަޖެހުން މުހިންމު ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދަމަހައްޓައި، ހައިކޯޓުން ހުކުމް ކުރުމާއެކު އިދިކޮޅުން ސީދާ ހަރަކާތައް ނުކުންނާނެ ކަން އިއުލާން ކުރުމަށްފަހު ކޮންމެ ދުވަހަކު ގެންދަނީ މާލޭގެ އެކި ސަރަހައްދު ތަކުގައި އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތަކުގެ ތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން އެކިފަހަރު މަތިން ފުލުހުންގެ ބަލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ