އަލިފާނުގެ ހާދިސާއެއް ހިނގައި ސަފާރީއެއް އަޑިއަށް ގޮސްފި

އަލިފާނުގެ ހާދިސާއެއް ހިނގައި ސަފާރީއެއް އަޑިއަށް ގޮސްފި

Author
މުޙައްމަދު ޝަޒައިމް
25 ޖެނުއަރީ 2021 07:45
0

ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވެގެން ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ލޯންޗެއް އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވަން މަސައްކަތް ކުރަމުންދަނިކޮށް 6:44 ހާއިރު، ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާ ހިނގާފައިވަނީ ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުން ކަމަށެވެ. މިސަފާރީ އަކީ "ނައުޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

ހާދިސާ ހިނގި އިރު މި ސަފާރީގައި ތިބީ 5 ދިވެހިންނާއި ބިދޭސީއެއް ކަމަށާއި، މިމީހުންނަކީ އެސަފާރީގެ ފަޅުވެރިންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މިމީހުން މިހާރުތިބީ ޑައިވިން ދޯނީގައި ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމަށް އަދި ރިޕޯޓް ލިބިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.