މުޒާހަރާތައް ކޮންޓްރޯ ނުކުރެވިގެން، ރަޝިއާގެ އިދިކޮޅު ލީޑަރުގެ އަނބިކަބަލުން ހައްޔަރުކޮށްފި

މުޒާހަރާތައް ކޮންޓްރޯ ނުކުރެވިގެން، ރަޝިއާގެ އިދިކޮޅު ލީޑަރުގެ އަނބިކަބަލުން ހައްޔަރުކޮށްފި

Author
ހުސެއިން
23 ޖެނުއަރީ 2021 06:46
0

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ހައްޔަރުކުރުމާ ގުޅިގެން އެގައުމުގެ ހިގަމުންދާ މުޒާހިރާތައް ކޮންޓްރޯލް ނުކުރެވިގެން، ނަވާލްނީގެ އަނބިކަބަލުން ހައްޔަރު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެލެކްސީ ނަވާލްނީގެ އަނބިކަބަލުން ޔޫލިއާ ނަވާލްނާޔާ ފުލުހުން ހައްޔަރު ކޮށްފައިވަނީ، ނަވާލްނީއަށް ތާއީދުކުރާ ފަރާތްތަކުން، ރަޝިއާގެ މަގުތަކުގައި މިހާރުކުރަމުންދާ މުޒާހިރާގައި ބައިވެރި ވަމުން ދަނިކޮށެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ޔޫލިއާ ނަވާލްނާޔާ ހައްޔަރު ކޮށްފައިވަނީ، ނަވާލްނީ ދޫކޮށްލުމަށް ގޮވާލުމަށް މީހުން އެއްވަމުންދިޔަ، ވެރިރަށް މޮސްކޯގެ މެދުތެރޭ ސަރަހައްދުގެ މެޓްރޯ ސްޓޭޝަންގެ ގޭޓްގެ ކުރިމަތީގައި ހުއްޓައެވެ. މި ސަރަހައްދުގައި ޔުލިއާ ހުއްޓިގެން ހުއްޓާ ފުލުހުން އޭނާއާ ސުވާލުރަމުން ދިޔަ މަންޒަރު މިވީޑިއޯއިން ފެނެއެވެ. ދެން ފެންނަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭތަނެވެ.

އިދިކޮޅު ލީޑަރު އެބުރި ގައުމަށް ވަޑައިގެންނެވުމާއެކު، ރަޝިއާގެ ސަރުކާރުން އޭނާ ހައްޔަރު ކުރުމާގުޅިގެން، ރަޝިއާގެ އެކި ކަންކޮޅުތަކުގައި މިހާރު ހިގަމުންދާ މުޒާހަރާތަކުގައި މިހާރުވަނީ އެތައްސަތޭކަ ބަޔަކު ހައްޔަރު ކޮށްފައެވެ. ރަޝިއާގެ ބައެއް ހިސާބުތަކުގައި މުޒާހިރާތައް ކުރިޔަށް ދަނީ، ގަދަ ފިނީގައެވެ.

ރަޝިއާގެ ހިގަމުންދާ މުޒާހިރާތަކުގައި ހައްޔަރުކުރެވޭ މީހުންގެ ހިސާބުތައް ބަލަހައްޓަމުންދާ މިނިވަން ވެބްސައިޓެއް ކަމުގައިވާ، OVD-Info އިން އާންމު ކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުން ހޮނިހިރު ދުވަހުގެ މެންދުރު ވުމުގެ ކުރިން އެދުވަހު އެކަނިވެސް ރަޝިއާގެ ސަރުކާރުންވަނީ، 863 މީހަކުން ހައްޔަރު ކޮށްފައެވެ.

ހޮނިރު ދުވަހު އެންމެ ފުރަތަމަ މުޒާހިރާތައް ފެށިފައިވަނީ، ރަޝިއާގެ އިރުން އޮންނަ ސިޓީއެއްކަމުގައިވާ ވެލަޑިވޮސްޓްކްއިންނެވެ. އަދި މިމުޒާހިރާތައްވަނީ، އެހައުމުގެ ހުޅުގުން އޮންނަ އަވަށްތަކާ ހަމައަށް ފެތުރިގެން ގޮސްފައެވެ.

ނަވާލްނީއަށް ތާއީދުކުރާ ފަރާތްތަކުން ހުކުރު ދުވަހު ހާމަކޮށްފައިވަނީ، ނަވާލްނީއަށް ތާޢީދުކޮށް، ރަޝިއާގެ 90 ސިޓީއެއްގައި މުޒާހިރާ ކުރުމަށް އެފަރާތްތަކުން ދަނީ ރާވަމުންނެވެ. އަދި އޭގެފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުހައި، ވެލަޑިވޮސްޓްކްގެ އިތުރުން، ސައިބާީރިއާއި އަދި ސެންޓްރަލް ރަޝިއާގެ އެތަކެއް ސިޓީތަކުގައި މީހުންއެއްވެ ވަނީ ނަވާލްނީ ދޫކޮށްލުމަށް އަޑުއުފުލާފައެވެ.

މިގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި، ޔަކުޓްސްކް ނަމަކަށް ކިޔާ ސީޓީއެއްގައި މީހުން މުޒާހަރާ ކޮށްފައިވަނީ، އެސިޓީގެ ފިނިހޫނުމިން 53- ޑިގްރީ ސެލްސިއަސްގައި ވަނިކޮށެވެ.

އެލެކްސީ ނަވާލްނީގެ އަނބިކަބަލުން ޔޫލިއާ ނަވާލްނާޔާ، ވެރިރަށް މިސްކޯގައި ހިގަމުންދިޔަ މުޒާހިރާގައި ބައިވެރިވުމުގެ ކުރިންވަނީ މުޒާހިރާގައި ބައިވެރިވަނިކޮށް ނަގާފައިވާ އަމިއްލަ ފޮޓޯޓެއް އިންސްޓަގްރާމްގައި ޝާއިއު ކޮށްފައެވެ. މިފޮޓޯ ޝާއިއުކުރަމުން އޭނާ ލިޔެފައިވަނީ، "މިތަނަށް އެއްވި ކަމަށްޓަކާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އުފާކުރަން." މިހެންނެވެ.

މި މެސެޖް ޝާއިއު ކުރުމުގެ 30 މިނިޓްފަހުން އޭނާވަނީ، ޕޮލިސް އުޅަދެއްގެ އެތެރޭގައި އިނދެ، އޭނާ އަމިއްލައަށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްއި ހިއްސާކޮށްފައެވެ.

ވެރިރަށް މޮސްކޯގައި ހިގަމުންދިޔަ މި މުޒާހިރާގައި، ނަވާލްނީގެ މަންމަ ޔުޑްމިލާ އިވަނޯނާ ނަވަލްނާޔާވެސް ވަނީ ބައިވެރިވެފައެވެ.

ރަޝިއާގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއަރސްއިން ހާމަކޮށްފައިވާ ގޮތުގައި ވެރިރަށް މޮސްކޯގައި ބޭއްވުނު މިމުޒާހިރާއަށް 4،000 މީހުން އެއްވެފައިވެއެވެ. ރަޝިއާގެ އިންޓާނަލް އެފެއާސް މިނިސްޓްރީން ނެރުނު މިބަޔާނުގައި، ނަވާލްނީއަށް އިޝާރާތް ކޮށްފައި ނުވާއިރު، މިބަޔާން ނެރެފައިވަނީ، މުޒާހިރާ ފެށުމުގެ 40 މިނިޓް ކުރިން ކަމުގައި ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ރަޝިއާގެ ކަމާގުޅޭ އިދާރާކުން ވަނީ، މިހާރު އެގައުމުގައި ހިގަމުންދާ މުޒާހިރާތަކަކީ ހުއްދަ ހޯދައިގެން ބާއްވަމުންދާ މުޒާހިރާތަކަކަށް ނުވާތީ މިއެއްވުންތަކުގައި ބައިވެރި ނުވުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

މިހާރު ރަޝިއާގައި ކުރިޔަށްދާ މުޒާހިރާތަކާ ގުޅިގެން، ނަވާލްނީއާއި ގުޅުން އޮންނަ އެތައްބަޔަކު ރަޝިއާގެ ސަރުކާރުން ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ ތެރޭގައި، ނަވާލްނީގެ ތަރުޖަމާން ކިރާ ޔަމީޝްއާއި، އެންޓި ކޮރަޕްޝަން ފައުންޑޭޝަންގެ އިންވެސްޓިގޭޓަރ ޖޯޖް އަލްބުރޯވްއާއި އަދި މީގެ އިތުރުން އޮޕޮޒިޝަން އެކްޓިވިސްޓ ޔުބޯވް ސޮބޯލްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.