އިކްރާމްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އިމްތިޔާޒް ކޮމިޓީއަށް

އިކްރާމްގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އިމްތިޔާޒް ކޮމިޓީއަށް

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 01:46
0

ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައި ފިޔަވަޅު އެޅުމަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާފައިވަ ސިޓީގައި ބުނެފައިވަނީ މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން، ބަލައިދީ ފިޔަވަޅު އަޅައިދިނުމަށްއެދިފައިވާކަމަށެވެ. އަދި މެންބަރު އިކްރާމް ޙަސަންވަނީ، އެނާގެ ސާމްޕަލްނެގި ޙިދުމަތްތެރިޔާއަށް ދެފަހަރެއްގެ މަތިން އަތްއިސްކޮށް،(އެއް ފަހަރު އަތުގައި އަނެއްފަހަރު ފޭސް ޝީލްޑާގައި) ތިމަންނާއަށް އަނިޔާކުރާނަމަ، ޖެހުމުގެ ހައްޤު އޮންނާނެކަމާއި އަދި ތަކުރާރުކޮށް ޖަހާނެކަމަށް ބުނެފައިކަމަށެވެ.

"ތިމަންނާއަކީ އެމާ އެމްޕީއެއްކަމަށާއި ތިގޮތަށް އަނިޔާ ނުކުރެވޭނެކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށައަޅާނެކަމަށް ބުނެ ބިރުދައްކާފައެވެ. އަދި ޙިދުމަތްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އެނާއާއި މުޙާތަބުކޮށް "މުސްލިމެއް ނޫން” ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކާފަ" ބަޔާނުގައިވެ އެވެ.

ރައްޔިތުން އިންތިހާބްކުރާ، ރައްޔިތުން ތަމްސީލްކުރާ އިއްޒަތްތެރި މަޤާމްއެއްގައި ހުރެ، ރައްޔިތުންނަށް ޢާއްމު ޙިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުއައްޒަފަކަށް، ފުރައްސާރަކޮށް ހަމަލާދީ، އަދި އެކަން ދިފާއު ކުރައްމުންދާ ދިއުން މިޔޫނިއަންއިން ހަރުކަށި އިބާރާތުން މި ބަޔާނުގައި ވަނީ ކުށްވެރިކޮށްފަ އެވެ. އަދި މިކަމާއި މެދު މުއައްޒަފު ތަފްސީލްކުރާ އެއްވެސް ވުޒާރާއަކުން، މި އަމަލުކުށްވެރިކޮށް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމީ، ކަންބޮޑުވާ ކަމެއްކަމަށެވެ.

ކޯވިޑް19ގެ ހާލަތުގައި، މާރޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން، މިއަދާއި ހަމައަށް، ސިއްހީ ހިދުމަތްތެރިން އަދި ލަންޓިއަރުންދަނީ، އާއިލާއާއި ރަހްމަތްތެރިންނާއި ދުރުގައި ނަފްސު ނުރައްކަލެއްގެ ތެރޭގައި ވީނަމަވެސް، ޤައުމާއި ރައްޔިތުންނަށް ދުމަތްކުރަމުންނެވެ.

ރެއިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ހަމަލާ ދިންމައްސަލަ ފުލުހުންވެސް ދަނީ ތަހުގީގް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި ތަހުގީގް ގޮސްފައިވާ ހިސާބެއް ފުލުހުންވެސް ހާމަކޮށްފައި ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.