ރިޔަލު ދޯންޏެއްގައި މާފުށިން އެކަނި މަހަށްފުރި ފަހުން ގެއްލުނު މީހާ ފެނިއްޖެއެވެ.
ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ ކ.މާފުށީ، ޝޭޑީގްރޯވ، އުމުރުން 81 އަހަރުގެ އަޙްމަދު އާދަމް މަނިކެވެ. އޭނާ ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ލޯންޗަށެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ފެނިފައި ވަނީ އިރު އޮއްސި 18:26 ހާއިރު ރަންނާޅި ރިސޯޓުގެ އިރުމަތިން ކަމަށެވެ. އަދި ކޯސްޓްގާޑުގެ ލޯންޗަށް އޭނާ ނެގުމަށްފަހު ރިޔާދޯނި ލޯންޗްގައި ޖަހައިގެން މާފުއްޓަށް ދަތުރުކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ގެއްލިގެން ހޯދަނިކޮށް ފެނުނު އަޙްމަދު އާދަމް މަނިކު، ފެނުނުއިރު އޭނާގެ ސިއްހީ ހާލު ރަނގަޅު ކަމަށް އެންމެންޑީއެފުން ބުނެއެވެ. އަދި އެމްއެންޑީއެފުން ވަނީ ރިޔަލު ދޯނީގައި އޭނާ ކޮޅަށް ހުރި ފޮޓޯއަކާއި ކޯސްޓްގާޑް ލޯންޗްގައި ލައިފްޖެކެޓް އަޅައިގެން ހުއްޓިލައިގެން ކޮޅަށްހުރި ފޮޓޯއެއް އާންމުކޮށްފައެވެ.

އޭނާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 14:08 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ