އަލިކިލެގެފާނު މަގުގައި ހުންނަ ސައުތު އެންޓަރޕްރައިސް އޮފީހުގެ ދޮރަށް ގެއްލުން ދިނުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.
މިއީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދާ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.
ވީމާ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 469977 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ