1988ގައި ގެންނަން އުޅުނީ ބަގާވާތެއް، ހުއްޓުވުމަށް ފުރަތަމަ އެހީ ލިބުނީ އިންޑިއާ އިން: ނަޝީދު

1988ގައި ގެންނަން އުޅުނީ ބަގާވާތެއް، ހުއްޓުވުމަށް ފުރަތަމަ އެހީ ލިބުނީ އިންޑިއާ އިން: ނަޝީދު

Author
ޢަލީ އާދަމް
20 ޖެނުއަރީ 2021 12:02
0

1988ގައި އޭރުގެ ވެރިކަން ވައްޓާލުމަށް ގެންނަން މަސައްކަތްކުރީ ބަގާވާތެއް ކަމަށާއި އެކަން ހުއްޓުވުމުގައި ވެސް އެންމެ ފުރަތަމަ އެހީ ލިބުނީ އިންޑިއާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އިންޑިއާގެ އެހީއާއެކު ރާއްޖެ ގެންނަ ކޯވިޑް ވެކްސިނާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވި ކޮންމެފަދަ ހާދިސާއެއްގައި ވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އެންމެ ގާތް އަދި ބަރޯސާވެވޭނެ ގައުމަކަށް އޮތީ އިންޑިއާ ކަމަށެވެ. އެގޮތުން ސުނާމީ ކާރިސާގައިވެސް، 1988 ވަނަ އަހަރު އޭރުގެ ވެރިކަން ބަދަލުކުރުމަށް ދިވެހި 2 ޚާއިނުން އިސްވެތިބެ ގެންނަން އުޅުނު ބަޣާވާތް ހުޓުވުމަށް ބެލިޔަސް، ނުވަތަ މާލެފެނައް ޖެހުމުގެ ހާދިސާ އާއި ކޮރޯނާއިން ސަލާމަތްވުމުގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ދީފައިމިވަނީ އިންޑިއާއިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފާހަގަވެގައި ވަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި 2008 އިން ފެށިގެން 2012 އާއި ހަމައަށްވެސް އެންމެ އިސްކަމެއް ދެއްވީ ގައުމަކީ އިންޑިއާއެވެ. އަދި 2013 ވަނަ އަހަރު ފެބްރުވަރީ މަހު ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރުމާއެކު ހިމާޔަތް ހޯއްދެވުމަށް ވަދެވަޑައިގަތީވެސް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށެވެ.

މީގެ އިތުރުން 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައ،ި ރައީސް ނަޝީދާއި އާއިލީގޮތުން ގާތް ބައެއްމީހުން ތިބިކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ. ކުށެއް ނެތް 19 ދިވެހިން ޝަހީދު ކޮށްލި މި ހަމަލާގެ ފަހަތުގައި ތިބިކަން ޝަރީޢަތަށް ސާބިތުވެ އޭގެތެރެއިން ބައެއް މީހުނަށް އަދަބުވެސް ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.