މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ކ.މާލެ، ގ.ހިޔަރޯދި، މުޙައްމަދު ޝަމްޢާން ސަލީމް(26އ) ހޯދަން އިއުލާންކޮށްފި އެވެ.
މުޙައްމަދު ޝަމްޢާން ސަލީމް ހޯދަމުންދަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެ އެވެ.
މުޙައްމަދު ޝަމްޢާން ސަލީމް އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ދަންނަވާފަ އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ