ބަޖެޓުގައި އިސްކަންދޭ މަޝްރޫޢެއްގެ ގޮތުގައި ހުޅުމާލޭގައި 10،000 މީހުން ނަމާދުކުރެވޭ ގްރޭންޑް މިސްކިތް

ބަޖެޓުގައި އިސްކަންދޭ މަޝްރޫޢެއްގެ ގޮތުގައި ހުޅުމާލޭގައި 10،000 މީހުން ނަމާދުކުރެވޭ ގްރޭންޑް މިސްކިތް

Author
އަހުމަދު
29 އޮކްޓޯބަރ 2026 05:01
0

ރާއްޖެ އިސްލާމްދީނަށް ވަދެވަޑައިގެންނެވިތާ ހިޖުރީ 900 އަހަރު ފުރުމާ ގުޅުވައިގެން ހުޅުމާލޭގައި ބިނާކުރާ "ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މިސްކިތް" އަކީ ސަރުކާރުގެ އިސްކަންދޭ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމުގައިވާ މި މިސްކިތުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށާއި، މިއީ ދިވެހިންގެ ދީނީ ސަޤާފަތް ދައްކުވައިދޭ ތާރީޚީ ބިނާއެއް ކަމަށެވެ.

މީގެ އިތުރުން، ދީނީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެކި ރަށްރަށުގައި ވަގުފް އިމާރާތްތައް ބިނާކޮށް، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ވެސް ބަޖެޓުގައި ރާވާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. މިއާއެކު ދިވެހި ދަރިންނަށް އިސްލާމީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ފުޅާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ދިވެހި ޤައުމު ބިނާވެފައިވާ އެންމެ ވަރުގަދަ ބިންގަލަކީ އިސްލާމްދީން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.