އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނީ 4.5 ބިލިއަން ރުފިޔާ: ޒަރީރު

އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނީ 4.5 ބިލިއަން ރުފިޔާ: ޒަރީރު

Author
އަހުމަދު
29 އޮކްޓޯބަރ 2026 05:00
0

 

ސަރުކާރުން މިއަހަރު ދަރަނި އަނބުރާ ދެއްކުމަށް 11.7 ބިލިއަން ރުފިޔާ ހޭދަކުރާއިރު، 2027 ވަނަ އަހަރު އެކަމަށް ހޭދަވާނެކަމަށް ލަފާކުރަނީ 4.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ ބަޖެޓް ހުށައަޅުއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއަހަރުގެ މިހާތަނަށް 10.4 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވަނީ، އެކަމަށްޓަކައި އިތުރު އެއްވެސް ލޯނެއް ނުނަގަ އެވެ. ދަރަނީގެ ބޮޑު ބައެއް މިއަހަރު ދެއްކުމުން، އަންނަ އަހަރު ދައްކަންޖެހޭ މިންވަރު ވަރަށް ދަށްވެގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ، މިއީ އަންނަ ޖީލުތަކަށް ދަރަނީގެ ބުރަ ލުއިކޮށްދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ދޭ އިތުބާރު އިތުރުވެ، ރޭޓިންގ އޭޖެންސީތަކުން ރާއްޖޭގެ ރޭޓިންގ މައްޗަށް ބަދަލުކުރި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.