ބަޖެޓު 2027: މަސްވެރިކަމަށް 11,400 ޓަނުގެ ސްޓޯރޭޖް، ދުވާލަކު އިތުރު 550 ޓަން އައިސް

ބަޖެޓު 2027: މަސްވެރިކަމަށް 11,400 ޓަނުގެ ސްޓޯރޭޖް، ދުވާލަކު އިތުރު 550 ޓަން އައިސް

Author
އަހުމަދު
29 އޮކްޓޯބަރ 2026 04:59
0

 

އަންނަ އަހަރު މަސްވެރިކަމުގެ ދާއިރާއަށް 11,400 ޓަނުގެ ސްޓޯރޭޖް ޤާއިމުކޮށް، ދުވާލަކު އުފައްދާ އައިސްގެ މިންވަރު 550 ޓަނުން އިތުރުކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

މިކަން ހާމަކުރެއްވީ 2027 ވަނަ އަހަރުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރެވެ. އިތުރުކުރާ އައިސް ޕްލާންޓްތަކުގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކުރާ ޕްލާންޓްތައް ހިމެނޭނެ ކަމަށާއި، މެރިކަލްޗަރ ފުޅާކުރުމަށް ވެސް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީއާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދުމުގެ ފުރުޞަތު ފުޅާވާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ބަޖެޓުގައި އިސްކަން ދީފައިވަނީ ފުޑް ސެކިއުރިޓީ ހަރުދަނާކުރުމަށެވެ. ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް ބޭރުން ގެނައުން ނިޒާމެއްގެ ދަށުން ކޮންޓްރޯލްކޮށް، ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ކަށަވަރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި އެންމެ މުހިންމު ދެ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކަމަށް ޒަރީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.