ބްރެޒިލްގެ ރިޔާސަތުގެ ހަތަރުވަނަ ދައުރު ލޫލާ ކަށަވަރު

ބްރެޒިލްގެ ރިޔާސަތުގެ ހަތަރުވަނަ ދައުރު ލޫލާ ކަށަވަރު

Author
އަހުމަދު
26 އޮކްޓޯބަރ 2026 08:29
0

 

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ކުރިހޯއްދަވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ފަހަރަށް އެ ގައުމުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފިއެވެ.

ވޯޓުގެ ގިނަ ބައެއް ގުނައި ނިމުނުއިރު، 80 އަހަރުގެ ލޫލާއަށް ލިބިފައިވަނީ 51 އިންސައްތަ ވޯޓެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ 49 އިންސައްތައެވެ. ޕޯލިން ކުންފުނި ޑޭޓާފޯލާ ވެސް ލޫލާގެ ކާމިޔާބީ ވަނީ ކަށަވަރުކޮށްފައެވެ.

މި މަހުގެ 4 ގައި ބޭއްވި ފުރަތަމަ ބުރުގައި ކުރީގައި ހުންނެވީ ފްލާވިއޯ ކަމަށްވިޔަސް، ފަހު ހަފުތާތަކުގައި ލޫލާގެ ކެމްޕޭނު ބާރުގަދަވިއެވެ. އާއިލާތަކަށް ދޭ އެހީ އިތުރުކުރުމާއި، ދަރަނީގެ ބުރަ ލުއިކުރުމާއި، އޮންލައިން ޖުވާ ހަނިކުރުމުގެ ވައުދުތަކުން، ޚާއްސަކޮށް އުތުރު-އިރުމަތީ ސަރަހައްދުގެ އާމްދަނީ ދަށް ރައްޔިތުންގެ ތާއީދު އޭނާއަށް ލިބުނެވެ.

ނަމަވެސް ގައުމުގެ ދަރަނި އިތުރުވުމާއި، އިންޓްރެސްޓް ރޭޓް މަތިވުމާއި، ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި ސިޔާސީ ބައިބައިވުން ފަދަ ގޮންޖެހުންތަކާ ލޫލާ ކުރިމަތިލައްވަން ޖެހޭނެއެވެ. އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމާއި، މައުދަނުގެ ސިނާއަތް ތަރައްޤީކުރެއްވުމާއި، އެމެރިކާއާއެކު މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވުމަށް އޭނާ ވައުދުވެވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.