ބައިނަލްއަގުވާމީ ކަނޑުން އީރާނުގެ ފަޅުވެރިން ސަލާމަތްކޮށް ލަންކާގެ އެހީގައި ގައުމަށް ފޮނުވައިފި

ބައިނަލްއަގުވާމީ ކަނޑުން އީރާނުގެ ފަޅުވެރިން ސަލާމަތްކޮށް ލަންކާގެ އެހީގައި ގައުމަށް ފޮނުވައިފި

Author
އަހުމަދު
26 އޮކްޓޯބަރ 2026 08:25
0

 

ބައިނަލްއަގުވާމީ ކަނޑުގައި އޮތް 19 ވިޔަފާރި އުޅަނދެއްގައި ތިބި އީރާނުގެ 40 ފަޅުވެރިއަކު ސްރީ ލަންކާ ސަރުކާރުން ސަލާމަތްކޮށް، ގައުމަށް ފޮނުވާލައިފި އެވެ.

ލަންކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ތުޝާރާ ރޮޑްރިގޯ ވިދާޅުވީ، ފަޅުވެރިންނަށް ސިއްހީ ކުއްލި ހާލަތްތައް ދިމާވުމުން، އީރާނު އެމްބަސީން ޑިޕްލޮމެޓިކް ގޮތުން އެދުނު އެހީގެ މަތިން މި މަސައްކަތް ކުރީ ކަމަށެވެ. ފަޅުވެރިން ގޯލް ބަނދަރަށް ގެނެސް ފަރުވާ ދިނުމަށް ފަހު، އިއްޔެ ހެނދުނު އެ މީހުން އީރާނަށް ފުރުވާލި އެވެ.

ހާދިސާގެ ސަބަބު ވުޒާރާއިން ހާމަނުކުރި ނަމަވެސް، 'ދަ ހިންދޫ' ފަދަ އިންޑިއާގެ މީޑިއާތަކުގެ ރިޕޯޓުތަކުގައި ވަނީ، މި ފަޅުވެރިން ތިބީ އެމެރިކާގެ ދަތިކުރުންތަކުގެ ދަށުގައިވާ ތެޔޮ ޓޭންކަރުތަކުގައި ކަމަށެވެ. އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް ހިނގަމުންދާއިރު، އީރާނުގެ މުދާ އުފުލާ އުޅަނދުތަކަށް އެމެރިކާއިން ވަނީ ބްލޮކޭޑެއް އަޅާފަ އެވެ.

4 މާޗުގައި އެމެރިކާގެ ސަބްމެރިނަކުން ދިން ޓޯޕިޑޯ ހަމަލާއެއްގައި އީރާނުގެ މަނަވަރު 'އައިއާރުއައިއެސް ދެނާ' އަޑިއަށް ދިޔުމަށް ފަހު، ލަންކާއިން މިފަދަ އެހީއެއް ދެނީ މިއީ ދެވަނަ ފަހަރެވެ. އެ ހަމަލާގައި 80 އަށްވުރެ ގިނަ ފަޅުވެރިން މަރުވި އިރު، އޭޕްރީލް މަހު ލަންކާއިން އީރާނުގެ އެހެން އުޅަނދެއްގެ 230 އަށްވުރެ ގިނަ ފަޅުވެރިން ވެސް ގައުމަށް ފޮނުވައިދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.