ކ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު، 45 މޭލަށް ވައިގަދަވެދާނެ

ކ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު، 45 މޭލަށް ވައިގަދަވެދާނެ

Author
އަހުމަދު
22 އޮކްޓޯބަރ 2026 06:25
0

މެދުރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވުމާއެކު، ކ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން ބުނީ، މި ސަމާލު ދެމިއޮންނާނީ މިއަދު ހަވީރު 17:45 އިން ފެށިގެން މިރޭ 21:30 އާ ހަމައަށް ކަމަށެވެ. މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައްވެސް ގަދަވެދާނެއެވެ.

ރާއްޖޭގެ ތަފާތު ސަރަޙައްދުތަކަށް މިހާރު މޫސުން ގޯސްވެފައިވާތީ، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.