ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ރާއްޖެއިން ޕާކިސްތާނުގެ ކަރާޗީއަށް ވަރަށް އަވަހަށް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ޓަކައި އިސްލާމްއާބާދުގައި މިއަދު ބޭއްވި މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ދަތުރުތައް ފެށުމާއެކު ދެ ގައުމުގެ މެދުގައި ދަތުރުކުރުން ފަސޭހަވެ، ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިއްޔެ ދެ ގައުމުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ. މީގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމާ ބެހޭ އެމްއޯޔޫ ވެސް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ