މިޑް ޓާމް އިންތިޚާބާ ހަމައަށް ހަނގުރާމަ ދަމަހައްޓަން އީރާނުން ދަނީ ރާވަމުން: ޓްރަމްޕް

މިޑް ޓާމް އިންތިޚާބާ ހަމައަށް ހަނގުރާމަ ދަމަހައްޓަން އީރާނުން ދަނީ ރާވަމުން: ޓްރަމްޕް

Author
އަހުމަދު
21 އޮކްޓޯބަރ 2026 09:56
0

އެމެރިކާގެ މިޑްޓާމް އިންތިޚާބު ކައިރިވަމުން އަންނައިރު، މެދުއިރުމަތީގެ ހަނގުރާމަ ނިންމާލުމަށް ކުރިއަށްދާ މަޝްވަރާތައް އީރާނުން ގަސްދުގައި ލަސްކުރަމުން ގެންދާ ކަމަށް، އެ ޤައުމުގެ ތިން އިސް އޮފިޝަލަކު ނުރަސްމީކޮށް ވިދާޅުވެއްޖެއެވެ.

އެ އޮފިޝަލުން ވިދާޅުވީ، ނޮވެމްބަރު 3ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާ ނުދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން މިހާރު ތައްޔާރުވަމުން ދަނީ އެއްބަސްވުމަކަށް ނޫން ކަމަށާއި، އެމެރިކާއާއި ޔަހޫދީންގެ ފަރާތުން އައިސްދާނެ އައު ހަމަލާތަކަކަށް ކަމަށެވެ.

ފެބްރުއަރީ 28ގައި ފެށި ހަނގުރާމައަށް މިހާރު 8 މަސް ވެފައިވާއިރު، މިކަމުގެ ސަބަބުން އެމެރިކާގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު ޓްރަމްޕްގެ މަޤުބޫލުކަން ވެސް ރެކޯޑު މިންވަރަކަށް ދަށްވެފައިވެއެވެ. މަސްރަހު ދިރާސާކުރާ ތަޖުރިބާކާރަކު ވިދާޅުވީ، އީރާނުން މި ގެންގުޅޭ ގޮތަކީ ޤާނޫނާ ޚިލާފު ނުވެ އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވާ ހިކުމަތްތެރި އުކުޅެއް ކަމަށެވެ.

އިންތިޚާބަށް ފަހު ތެލުގެ އަގު ދަށްވާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ހަނގުރާމަ ނިންމާލާނެ ގޮތަކާއި، އީރާނުން ހިޞާރުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާނެ ގޮތުގެ ތަފްޞީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.