ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

Author
އަހުމަދު
21 އޮކްޓޯބަރ 2026 09:53
0

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ސްޓާޓްއަޕް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން ދެ ފަރާތެއް ހޮވައި، ވިޔަފާރި ފެށުމަށް ނުވަތަ ފުޅާކުރުމަށް ކޮންމެ ފަރާތަކަށް 500،000 ރުފިޔާ ދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އޭގެ އިތުރުން، ބޭންކުގެ ރިލޭޝަންޝިޕް މެނޭޖަރެއްގެ ލަފައާއެކު އަހަރެއްގެ މެންޓާޝިޕް ސަޕޯޓް ވެސް ލިބޭނެއެވެ.

ގްރާންޓަށް ކުރިމަތިލެވޭނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ވިޔަފާރި ޕްލޭނެއް ހުށަހަޅަން ޖެހޭނެއެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ހުށަހެޅުންތައް ބަލައިގަންނާނީ ނޮވެމްބަރު 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް، [email protected] އަށް އީމެއިލް ކޮށްގެންނެވެ.

ރާއްޖޭގައި ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް ފަންޑު ހޯދުން ފަސޭހަކޮށްދިނުމުގެ މަޤްސަދުގައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.