ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ޕާކިސްތާނަށް

ދިހަ އަހަރަށްފަހު ދިވެހި ރައީސަކު ޕާކިސްތާނަށް

Author
އަހުމަދު
21 އޮކްޓޯބަރ 2026 10:03
0

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާއެކު، ރާއްޖެއާއި ޕާކިސްތާނާ ދެމެދުގެ ގުޅުން މީގެ ކުރިން ނުވާހާ ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ވަޑައިގެންނެވުމުން އެކްސްގައި ޖެއްސެވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ބާއްވާ މަޝްވަރާތަކުން ދެ ޤައުމުގެ ގުޅުން ހަރުދަނާވެ، ދެ ޤައުމު ހިއްސާކުރާ އަމާޒުތައް ޙާޞިލުކުރުމަށް މަގުފަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ދިވެހި ރައީސަކު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅު ކުރައްވަނީ ދެ ޤައުމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުގައެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.