ތިން ދުވަހަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފި: މެޓް

ތިން ދުވަހަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފި: މެޓް

Author
އަހުމަދު
09 އޮކްޓޯބަރ 2026 11:18
0

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ލަފާގައި ވާގޮތުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ގަދަ ވާރޭ ވެހެމުން ދާނެ އެވެ. ބައެއް ސަރަހައްދުތަކުގައި ވާރޭއާއެކު ގުގުރުން ވެސް ކުރިމަތިވެދާނެ ކަމަށް މެޓުން ބުނެއެވެ. ނަމަވެސް ވައި އާދައިގެ މިންވަރުގައި ހުންނާނެ ކަމަށާއި، ކަނޑުތައް ވެސް މާ ބޮޑަށް ނުބިހެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ގުގުރައި ބޯވާރޭ ވެހުމުގެ ފުރުސަތު ހުރުމާ ގުޅިގެން، މިއަދު ހެނދުނު 08:45 އިން މެންދުރު ފަހު 14:45 އާ ހަމައަށް، މާލެ އަތޮޅާއި ކޮޅުމަޑުލާ ދެމެދުގެ ސަރަހައްދަށް މެޓުން ހުދު ސަމާލު ނެރުނެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މި މަހު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އެހެން އަހަރުތަކަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރާއިރު، ދެކުނުގެ އަތޮޅުތަކަށް ވެހޭ ވާރޭ އޮކްޓޫބަރު މަހުގެ އާދައިގެ މިންވަރަށް ވުރެ މަދުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި މަހު މުޅި ރާއްޖޭގައި ވެސް އެންމެ މަތީ އަދި އެންމެ ދަށު ފިނިހޫނުމިން، އާދައިގެ މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.