އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ކޮޓަރިއެއްގައި މިއަދު ރޯވީ ކޮޓަރީގެ އޭސީ ކަރަންޓް ޝޯޓެއް ވެގެންކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވި ނަމަވެސް އަލިފާން ރޯވި ކޮޓަރި ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފަ އެވެ.
ރިސޯޓުގެ ގެސްޓް ކޮޓަރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ އެ ރިސޯޓުގެ މުވައްޒަފުންނެވެ.

މި ހާދިސާ ހިނގައިިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ